ދިވެހި|English 11 ނޮވެމްބަރު 2026 · 18:07
Top banner
Advertisement
ޖުމްހޫރީ ދުވަސް: ވެރީންވާންޖެހޭނީ ރައްޔިތުންގެ ޚާދިމުންނަށް: ފައްޔާޒުފައްޔާޒު
ޚަބަރު

ޖުމްހޫރީ ދުވަސް: ވެރީންވާންޖެހޭނީ ރައްޔިތުންގެ ޚާދިމުންނަށް: ފައްޔާޒު

ޖުމްހޫރީ ދުވަސް ފާހަގަކުރަމުން މިދަނީ ރައްޔިތުން އެދޭ ފަދަ ސަރުކާރެއް ނެތް ދަނޑިވަޅެއްގައި

ޟޟަމްރަތު އަހްމަދު11 ނޮވެމްބަރު 2026

ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތުން އިންތިޚާބުކުރާ ވެރީން ވާންޖެހޭނީ ރަސްކަލުންނަށް ނޫންކަމަށާއި އެބޭފުޅުން ވާންޖެހޭނީ ރައްޔިތުންގެ ޚާދިމުންނަށް ކަމަށް އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ އެޕާޓީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހާ ގުޅިގެން އެކްސްގައި މިއަދު ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ "ރައްޔިތުން އިންތިޚާބުކުރާ ވެރިންނަކީ ރަސްކަން ކުރާ ބައެއްގެ ބަދަލުގައި ދިވެހި ޖުމްހޫރިއްޔާގެ ހިޔަލުގައި ތިބި ހުރިހާ ދިވެހިންނަށް ޚާދިމަކަށް ވާން ޖެހޭ،" ކަމަށެވެ.

ރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަސް ފާހަގަކުރަމުން މިދަނީ ރައްޔިތުން އެދޭ ފަދަ ސަރުކާރެއް ނެތް ދަނޑިވަޅެއްގައި ކަމަށެވެ.

"ޖުމްހޫރީ ދުވަސް ފާހަގަ ކުރަމުން މިދަނީ ރައްޔިތުންނަށް ޓަކައި ރައްޔިތުން އެދޭ ގޮތަށް ހިންގާ ސަރުކާރެއް މި ގައުމުގައި ނެތް ދަނޑިވަޅެއްގައި،" އޭނާ ވިދާޅުވެފައިވެއެވެ.

މިއަރު ޖުމްހޫރީ ދުވަސް ލައިގަތް އިރު ޖުމްހޫރީ ވެރިކަމެއް ކުރެއްވުމާ ޙަވާލުވެވަޑައިގެން ހުންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށާއި އެހެންނަމަވެސް "ރައީސް މުޢިއްޒު އަލުން ރާއްޖެ މި ގެންދަވަނީ ރަސްކަމުގެ މަގަށް،" ކަމަށް ފައްޔާޒު ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު