ދިވެހި|English 15 އޮގަސްޓު 2026 · 07:02
Top banner
Advertisement
ދޯނި އަޑިއަށް ގޮސްފައިވަނީ ނިއުކްލިއަރ ސަބްމެރީންނަށް ވެސް ނުދެވޭ ހިސާބަށް: އެމްއެންޑީއެފްކޯސްޓްގާޑު ޝިޕް އިމާދުއްދީން/މީހުން ހޯދުމުގެ މަސައްކަތުގައި ދަނީ ހަރަކާތްތެރިވަމުން
ޚަބަރު

ދޯނި އަޑިއަށް ގޮސްފައިވަނީ ނިއުކްލިއަރ ސަބްމެރީންނަށް ވެސް ނުދެވޭ ހިސާބަށް: އެމްއެންޑީއެފް

"ފްރެންޑް 4" އަޑިއަށް ގޮސްފައިވަނީ ނިއުކްލިއަރ ސަބްމެރީންނަށް ވެސް ނުދެވޭ ހިސާބަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ15 އޮގަސްޓު 2026

އަޑިއަށް ގޮސްފައިވާ "ފްރެންޑް 4" ދޯނި އަޑިޔަށްގޮސްފައިވަނީ ހުވަދޫ ކަނޑުގެ 1600 މީޓަރަށް ވުރެ ފުން ހިސާބަކަށް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ އެއީ އަސްކަރީ ސަބްމެރިން ނުވަތަ ނިއުކްލިޔަރ ސަބްމެރިން ވެސް އޮޕަރޭޓް ކުރާ ފުންމިނަށް ވުރެވެސް ފުން ހިސާބެއް ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ހާދިސާ ހިނގިތާ ހަފްތާއަކަށްވުރެ ގިނަދުވަސްވަނީ ވެފައެވެ. އެހެންނަމަވެސް ދޯނީން ގެއްލިފައިވާ 3 މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ކުރަމުންދާ މަސައްކަތަށް ކުޑަވެސް ހުއްޓުމެއް ނުގެނެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ. 2026 އޮގަސްޓް 14ވަނަ ދުވަހުގެ 18:00ގެ ނިޔަލަށް ވައިގެ މަގުން 9920 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައި ވެއެވެ. އަދި ކަނޑުމަގުން 2790.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލާފައި ކަމަށްވެސް ސިފައިންވަނީ މައުލޫމާތު ދެއްވައިފައެވެ.

"ދިވެހި ސިފައިންނަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް، އެއްގަމާއި ކަނޑުގެ ސަރަޙައްދުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމަށް ޓަކައި 24 ގަޑިއިރު މެދުކެނޑުމެއްނެތި ޚިދުމަތްކުރަމުންދާ ޝަރަފުވެރި، ޤައުމީ ލަޝްކަރެކެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކާއި އަލިފާނުގެ ހާދިސާތަކުން ރައްޔިތުން ރައްކާތެރިކުރުމުގައި ސިފައިން އަންނަނީ ނުހަނު އިޚްލާޞްތެރިކަމާ އެކު ޤައުމީ ވާޖިބު އަދާކުރަމުންނެވެ." އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

ދިވެހި ސިފައިން އަދި ދިވެހި ފުލުހުން މިއަދު ވެސް ދެމި ތިބީ މާތްﷲ ގަންދީ ކޮށްފައިވާ ހުވާގެ މަތީގައި ސާބިތުވެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ޤާނޫނީގޮތުން ޙަވާލުކުރެވިފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އަބަދުވެސް ސާބިތުވެ ތިބޭނޭ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

ދޯނި އަޑިއަށް ދިޔައީ 2026އޮގަސްޓް 5ވަނަ ދުވަހުގެ ރޭގެ ދަންވަރު، ގއ.ކުޑަލަފަރީގެ އިރުއުތުރުން 8 ނޯޓިކަލް މޭލު ބޭރަށެވެ. އެ ހާދިސާގައި ގެއްލެފައިވާ ތިން މީހުން ހޯދުމަށް ހާދިސާ ހިނގިވަގުތުން ފެށިގެން "އަންމޭންޑް އޭރިއަލް ވެހިކަލް" ބޭނުންކޮށްގެން އަންނަނީ ކުރަމުންނެވެ. މި ޔޫއޭވީއަކީ އިންފްރާރެޑް ސެންސަރސް ބޭނުންކޮށްގެން ރޭގަނޑު ވެސް ކަނޑުގެ ސަރަޙައްދުގައި އެއްވެސް އެއްޗެއް އޮތް ކަމުގައިވަނީ ނަމަ އެ އެއްޗެއް ދެނެގަތުމުގެ ޤާބިލުކަން ހުރި ޔޫއޭވީ ކަމުގައި ވާތީ، ހާދިސާ ހިނގި ރޭ ވެސް ޔޫއޭވީ ބޭނުންކޮށްގެން ވަނީ ހާދިސާ ހިނގި ސަރަޙައްދުން މީހުން ފެނޭތޯ މަސައްކަތް ކޮށްފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. މިގޮތުން ދޯނި އަޑިޔަށް ދިޔުމާ ގުޅިގެން ކަނޑުމަތިން އޮޔާދާ ގޯންޏާއި އެނޫންވެސް ޑެބްރީސްގެ ގޮތުގައި ބެލެވޭ އޮޔާދާ ތަކެތި ވަނީ ޔޫއޭވީގެ ސެންސަރތައް ބޭނުންކޮށްގެން ދެނެގަނެވިފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން އޮސްޓްރޭލިޔާ ސަރުކާރުން ހަދިޔާކުރައްވާފައިވާ މަނަވަރު "ކޯސްޓްގާޑް ޝިޕް އިމާދުއްދީން"ގެ އިތުރުން ކޯސްޓްގާޑުގެ އިންޓަރސެޕްޓަރ ކްރާފްޓްސްއާއި ހާބަރ ޕެޓްރޯލް ލޯންޗާއި އަދި ޕޮލިސް ލޯންޗުން ވަނީ މީހުން ހޯދުމަށް ޓަކައި މި ސަރަޙައްދު ބަލާފައެވެ. އަދި ހުވަދޫ ކަނޑުގެ ދެކުނުން ގއ.އަތޮޅުގެ ފަރުތަކާއި ހުވަދޫ ކަނޑުގެ އުތުރުން ލ.އަތޮޅުގެ ފަރުތައް ވެސް ވަނީ މިހާރު ބެލިފައި ކަމަށް ވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

 

ގުޅުންހުރި ޚަބަރު