ދިވެހި|English 15 އޮގަސްޓު 2026 · 12:09
Top banner
Advertisement
ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ކަށިމާ ޝާކިރަށް އަރުވައިފިއަހްމަދު ޝާކިރު (ކަށިމާ)އަށް ވަނީ ޝަރަފުގެ އިއްޒަތް އަރުވައިފައި -- ފޮޓޯ/ ރައީސް އޮފީސް
ޚަބަރު

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ކަށިމާ ޝާކިރަށް އަރުވައިފި

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް ކަށިމާ ޝާކިރަށް އަރުވައިފިއެވެ.

މމުހައްމަދު އަލީ15 އޮގަސްޓު 2026

ނިޝާން ދިޔަމިގިލީ ޝަރަފުގެ ޢިއްޒަތް އަޙްމަދު ޝާކިރު (ކަށިމާ ޝާކިރު) އަށް މިއަދު އަރުވައިފިއެވެ. އޭނާއަށް މި ޢިއްޒަތް އަރުވާފައިވަނީ ހއ. އުތީމުގައި މިހާރު ކުރިއަށްދާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

މިއީ އޭނާ ދިވެހިދައުލަތަށާއި، ދިވެހިތާރީޚާއި އަބިއްޔާތަށް ކޮށްދެއްވައިފައިވާ އަގުހުރި ޚިދުމަތް ފާހަގަކުރައްވައި އެރުވި ޝަރަފެކެވެ. ކަށިމާ ޝާކިރު ވަނީ މެދުނުކެނޑި 41 އަހަރަށްވުރެ ގިނަދުވަހު ދިވެހިދައުލަތަށް ޚިދުމަތް ކޮށްދެއްވައިފައެވެ.

ކަށިމާ ޝާކިރު ދައުލަތަށް ޚިދުމަތް ކުރައްވަން ފަށްޓަވައިފައިވަނީ 1969 ވަނަ އަހަރު ޖުލައި 30 ވަނަދުވަހުއެވެ. އެއަށްފަހު ވަކިވެ ވަޑައިގެންފައިވަނީ 2010 ވަނަ އަހަރުއެވެ. އެ މުއްދަތުގައި އޭނާވަނީ ދައުލަތުގެ އެކި މުއައްސަސާތަކުގައި އިސްމަގާމްތަކެއް ފުރުއްވައިފައެވެ.

ކަށިމާ ޝާކިރު، ދިވެހި ދައުލަތުގެ ޚިދުމަތް ފެށްޓެވީ، މީލާދީ ސަނަތުން 1969ވަނަ އަހަރުގެ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. މެދުނުކެނޑި 41 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތުގެ ޚިދުމަތުގައި އުޅުއްވުމަށްފަހު، 2010 ވަނަ އަހަރުގެ ތެރޭގައި ވަކިވެވަޑައިގެންނެވިއިރު، ދައުލަތުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވެއެވެ. އޭގެތެރޭގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ޝިޕިންގެ ވަކީލުކަމާއި، ޝިޕިން މާސްޓަރ ކަމާއި، ޑިރެކްޓަރ އޮފް އެޑްމިނިސްޓްރޭޝަން ކަމާއި، ޑިރެކްޓަރ ޖެނެރަލް ކަން ހިމނެއެވެ. އޭގެ އިތުރުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލްކަމާއި،

އެސިސްޓެންޓް އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަޤާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަން ހިމެނެއެވެ.

ގުޅުންހުރި ޚަބަރު