ދިވެހި|English 15 އޮގަސްޓު 2026 · 13:14
Top banner
Advertisement
ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ފަރެސް ޢާމިރަށް ދެއްވައިފިދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ފަރެސް ޢާމިރަށް ދެއްވަނީ/ ފޮޓޯ ޕީއެސްއެމް
ޚަބަރު

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ފަރެސް ޢާމިރަށް ދެއްވައިފި

ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ފަރެސް ޢާމިރަށް މިއަދު ދެއްވައިފިއެވެ.

މމުހައްމަދު އަލީ15 އޮގަސްޓު 2026

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމް މުޙައްމަދު ޢާމިރު އަޙްމަދު (ފަރެސް ޢާމިރު) އަށް މިއަދު ދެއްވައިފިއެވެ.

މި އިނާމް އޭނާއާ ޙަވާލުކޮށްދެއްވީ ހއ. އުތީމުގައި މިއަދު ބޭއްވި ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މުޙައްމަދު ޢާމިރަށް ވަނީ  ޅެންވެރިކަމުގެ ދާއީރާއިން ހިތްވަރު ދިނުމުގެ ޤައުމީ އިނާމް 1996 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.
މުޙައްމަދު ޢާމިރަކީ ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޤައުމަށް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަދި މިހާރު ވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ.

އޭނާ ވަނީ ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް ވެސް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. މަދަރުސާތަކުގެ އެކި ގްރޭޑުތަކަށް ދިވެހިބަހާއި އަދަބިއްޔާތު ކިޔަވައި ދެއްވުމަށް ބޭނުންވާ ބައެއް ފޮތްތައް އޭނާ ވަނީ ލިޔުއްވައިފައެވެ. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ޢާމިރު ރަސްމީކޮށް ވަދެވަޑައިގެންފައިވަނީ 1988 ވަނަ އަހަރު ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ޤައުމީމަރުކަޒުން ހިންގެވި ޅެން ހަދަން ދަސްކޮށްދޭ ކޯސް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. އެކޯހުން ޢާމިރު ވަނީ އެއްވަނަ ޙާސިލް ކުރައްވައިފައެވެ. އެފަހުން ވަނީ އެ މަރުކަޒުން ހިންގެވި ޅެންހަދަން ދަސްކޮށްދޭ އެޑްވާންސް ކޯސް ވެސް ފުރިހަމަ ކުރައްވައިފައެވެ.
މުޙައްމަދު ޢާމިރު ވަނީ އާދަބިއްޔާތާއި ޅެންވެރިކަމުގެ ދާއިރާގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގެ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މިހާރުވެސް ގެންދަވަނީ އެމަސައްކަތް ކޮށްދެއްވަމުންކަން ފާހަގަ ކޮށްލެވެއެވެ.
މިހާރު ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި ޢާމިރު ވަނީ ދިވެހި ބަސްކޮމިޓީގެ މެންބަރެއްގެ ގޮތުގައި 1989 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ޚިދުމަތް ކޮށްދެއްވައިފައެވެ. އޭގެ އިތުރުން ދިވެހިބަހުގެ ޤަވާއިދު ކޮމިޓީގައި މިހާރުވެސް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ޢާމިރުގެ އިތުރުން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް މިއަދު ލިބިވަޑައިގެންނެވި ތިން ބޭފުޅުންނަކީ ޞިއްޙީދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް، ސޮސައިޓީފޯ ހެލްތު އެޑިޔުކޭޝަން (ޝީ) އާއި، ޢިމާރާތް ކުރުމާއި ފަރުމާކުރުމުގެ ދާއިރާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިންނާމް އިބްރާހީމް ރަޝީދާއި، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމް ނަޖުމާ ޙުސައިނެވެ.

 

ގުޅުންހުރި ޚަބަރު