ދިވެހި|English 18 އޮގަސްޓު 2026 · 18:29
Top banner
Advertisement
މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓަރ ސަޢީދު ބައްލަވާލައްވައިފި
ޚަބަރު

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓަރ ސަޢީދު ބައްލަވާލައްވައިފި

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތް މިނިސްޓަރ ސަޢީދު ބައްލަވާލައްވައިފިއެވެ.

މމުހައްމަދު އަލީ18 އޮގަސްޓު 2026

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް،  މިނިސްޓަރ މުޙައްމަދު ސަޢީދު ބައްލަވާލައްވައިފިއެވެ.

އެ މަސައްކަތް ބައްލަވާލެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވިޔަފާރިވެރީން ބައިވެރިވިއެވެ. އެއީ ރާއްޖެއަށް ގިނަ އަދަދެއްގެ މުދާ އެތެރެކުރާ ވިޔަފާރިވެރީން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކޮށް އަންނަ އަހަރު ނޮވެމްބަރުގައި ހުޅުވާނޭ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ތިލަފުށީގައި ގާއިމްކުރާ ޕޯޓު ވެގެންދާނީ ޖާގަ ބޮޑު އަދި ވަސީލަތްތައް ފުރިހަމަ ޕޯޓަކަށް ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅެއް ކަމަށާއި މި މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އޮކޮނޮމިކް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

 

ގުޅުންހުރި ޚަބަރު