ދިވެހި|English 18 އޮގަސްޓު 2026 · 18:28
Top banner
Advertisement
ނޭކުރެންދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފި
ޚަބަރު

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފި

ނޭކުރެންދޫގައި ފެނާއި ނަރުދަމާ ގާއިމްކޮށްފިއެވެ.

ހިރި ނިއުސްހިރި ނިއުސް18 އޮގަސްޓު 2026

ހދ. ނޭކުރެންދޫގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކޮށްފިއެވެ. މަޝްރޫޢުގެ އަމަލީ މަސައްކަތް ނިންމައި، ޓެސްކޮށްފައިވަނީ މިހިނގާ އޮގަސްޓް 13 ވަނަ ދުވަހުކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވިއެވެ.

ފެނާއި ނަރުދަމާ ނިޒާމް ޓެސްޓްކޮށް ކޮމިޝަން ކުރުމުގައި އެ މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން ކޮންޓްރެކްޓަރާއި، ފެނަކަ ކޯޕަރޭޝަނާއި ކައުންސިލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ނޭކުރެންދޫގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓްގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްއިން، އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރ އާއި ޙަވާލުކޮށްގެން ނިންމާފައިވާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ފެން ޓެސްޓްކުރެވޭ އިކްއިޕްމަންޓްތަކާއެކު ލެބޯޓްރީއަކާއި އޮފީސް ޖާގަ ހިމެނޭހެން 30 ކިލޯވޮޓްގެ ސޯލަރ ޕެނަލް ހަރުކޮށްފައިވެއެވެ. އަދި އާރު.އޯ ޕްލާންޓް އިމާރާތެއް ޤާއިމުކޮށް، 2 ބޯހޯލް ތޮރުފައި، 30 ޓަނުގެ 2 އާރް.އޯ ޕްލާންޓާއި، 135 ޓަނުގެ ބޯފެން ރައްކާކުރާ 2 ޓޭންކާއި، 200 ޓަނުގެ ވާރޭ ފެން ރައްކާކުރާ 1 ޓޭންކާއި، 3 ނަރުދަމާ ޕަންޕިންގ ސްޓޭޝަނާއެކު ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓެއް ޤާއިމުކޮށްފައިވާ ކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން 13.1 ކިލޯ މީޓަރުގެ ފެނުގެ ވިއުގަ އަކާއި 10.4 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގަ އަޅާފައިވެއެވެ. އަދި ސީ އައުޓް ފޯލް އެޅުމުގެ އިތުރުން ނަރުދަމާ ނިޒާމު ގުޅުވުމަށްޓަކައި ގޭބިސީތަކާއި އެހެނިހެން ޢިމާރާތްތަކުގެ ތެރޭގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރުތައް ބެހެއްޓުމުގެ މަސައްކަތް ވަނީ ނިންމާފައެވެ.

 

ގުޅުންހުރި ޚަބަރު