ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެކްސިޑެންޓު ވެއްޖެއެވެ. އެކްސިޑެންޓްވިއިރު ކާރުގައިި ތިބީ ބޮޑު މީހަކާއި ކުޑަކުއްޖެކެވެ. ދެ މީހުންނަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. އެ ދެމީހުންނަށް ވެސް މިހާރުދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ކާރު ކޮންޓްރޯލުން ނެއްޓި ބްރިޖު ހައިވޭގައިހުރި ސޯލާ ޕެނަލްތައް ހަރުކޮށްފައި ހުރި ހޮޅިދަނޑިތަކުގައި ޖެހިގެންނެވެ. މި އެކްސިޑެންޓް ހިނގާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެެނދުނު 08:42 އެހައިކަންހާއިރު ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެކްސިޑެންޓުގައި ކާރަށް ބޮޑެތި ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
"މި އެކްސިޑެންޓްގައި ހޮޅިދަނޑިތަކުގައި ޖެހި ކާރު ވަނީ ފުރޮޅާލައިފައެވެ. މި ހާދިސާ ހިނގި ވަގުތު ކާރުގައި ބޮޑު މީހަކާއި ކުޑަކުއްޖަކު ތިބި އިރު، އެ ދެ މީހުންނަށް މިހާރު ދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި އެކްސިޑެންޓުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ." ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓްވެފައިވަނީ ލަމްބަގިނީ ލަގްޒަރީ ކާރެއް ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ވަނީ ވިިދާޅުވެފައެވެ.





