ދިވެހި|English 23 އޮގަސްޓު 2026 · 01:59
Top banner
Advertisement
ފުލެޓު ފޯމުގައި ފުށުއެރުމެއްވާނަމަ ރަނގަޅު ކުރަން ހަތްދުވަހުގެ މުހުލަތެއްދެނީ
ޚަބަރު

ފުލެޓު ފޯމުގައި ފުށުއެރުމެއްވާނަމަ ރަނގަޅު ކުރަން ހަތްދުވަހުގެ މުހުލަތެއްދެނީ

ފުލެޓު ފޯމުގައި ފުށުއެރުމެއްވާނަމަ ރަނގަޅު ކުރަން ހަތްދުވަހުގެ މުހުލަތެއްދޭން ހައުސިން މިނިސްޓްރީން ނިންމައިިފިއެވެ.

މމުހައްމަދު އަލީ22 އޮގަސްޓު 2026

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުން ގޯއްޗާއި ފުލެޓަށް އެދިފައިވާ ފަރާތްތަކުގެ ފޯމުތަކުގައި ފުށުއެރުމެއް ހުރި ނަމަ އެދިފައިވާ މީހަކަށް އެކަމެއް އަންގަން ހައުސިން މިނިސްޓްރީން ނިންމަވައިފިއެވެ.

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ ސައްހަކަން ބެލުމުގެ މަރުހަލާ މިހާރު މިހާރު ކުރިއަށްދާ ކަމަށް ހައުސިންމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. މި މަރުހަލާގެ ތެރެއިން ހުށަހަޅާފައިވާ މަޢުލޫމާތުތަކާއި، މިނިސްޓްރީއަށް ސަރުކާރުގެ އިދާރާތަކާއި ކައުންސިލުތަކުން ފޮނުވާފައިވާ މަޢުލޫމާތުތަކަށް ރިޢާޔަތްކުރާނޭ ކަމަށް ވެސް މިނިސްޓްރީން ވިދާޅުވެފައިވެއެވެ. އެޕްލިކޭޝަން ފޯމުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުގައި ފުށުއެރުމެއްވާނަމަ އެކަން "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އެދިފައިވާ މީހާއަށް މިނިސްޓްރީން އަންގާނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީން ދީފައިވާ ނޯޓިސްގައިވާ މަޢުލޫމާތު ޞައްޙަ ނޫންކަމުގައިވާނަމަ އެކަމުގެ ތަފްޞީލާއި ކަމާގުޅުންހުރި ލިޔެކިޔުންތައް ހުށަހެޅުމަށް ކަލަންޑަރު 7 (ހަތެއް) ދުވަހުގެ މުއްދަތެއް އެޕްލިކަންޓަށް ދޭނޭ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޕޯޓަލްގައި އެޕްލިކޭޝަންއާ ގުޅިގެން އަންނަ ބަދަލުތަކާ ބެހޭ މަޢުލޫމާތު، އެޕްލިކަންޓު ފޯމު ފުރިހަމަކުރެއްވިއިރު ހިއްސާކޮށްފައިވާ މޮބައިލް ނަންބަރަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގާނޭ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީން ދީފައިވާ މުއްދަތުގެ ތެރޭގައި ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބެއް ހުށަނާޅާނަމަ، އެ އެޕްލިކޭޝަން ޝަރުތު ހަމަނުވާ ނުވަތަ ހުށަހެޅި ލިޔެކިޔުން ފުރިހަމަނުވާ އެޕްލިކޭޝަނެއްގެ ގޮތުގައި ބެލޭނޭ ކަމަށް ވެސް ހައުސިން މިނިސްޓްރީން ވަނީ ހާމަކުރައްވައިފައެވެ.

އެޕްލިކޭޝަނާ ގުޅިގެން މިނިސްޓްރީން ފާހަގަކޮށްފައިވާ މައްސަލައަށް ޖަވާބު ހުށަހެޅުމަށް ބޭނުންކުރަންވާނީ ހަމައެކަނި ބޯހިޔާވަހިކަން ޕޯޓަލް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. މިނިސްޓްރީއަށް އީމެއިލް، ސިޓީ ނުވަތަ އެހެން ވަސީލަތެއްގެ ޒަރީޢާއިން ހުށަހަޅާ ޖަވާބުތައް މި މަރުހަލާގައި ބަލައިނުގަންނާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު