ދިވެހި|English 8 އޮކްޓޯބަރު 2026 · 13:09
Top banner
Advertisement
ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެފޮޓޯ އެންޑީއެމްއޭ
ޚަބަރު

ގޭސްފުޅިއެއް ގޮވައި ހަތަރު ބިދޭސީއަކަށް އަނިޔާވެއްޖެ

މއ. ދޫގަސް ގައި ގޭސްފުޅިއެއް ގޮވައި، އަލިފާނުގެ ހާދިސާއެއް ހިނގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ24 އޮގަސްޓު 2026

ފުލުހުން ވިދާޅުވީ މިހާދިސާ ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ ފަތިހު 5:27 އެހައިކަންހާއިރު ކަމަށެވެ.

 މި ހާދިސާގައި ހަތަރު މީހަކަށް އަނިޔާވި ކަމަށާއި އެއީ ބިދޭސީން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވި މީހުންނަށް އައިޖީއެމް ހޮސްޕިޓަލުގައި މިހާރުދަނީ ފަރުވާދެމުން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަނިޔާވެފައިވަނީ ބަންގްލަދޭޝް ދެ މީހަކަށާއި، އިންޑިއާގެ ދެމީހަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރެއިން 2 މީހުންގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

އެގޭގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މިހާދިސާގެ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހިއްސާ ކުރައްވާފައެއް ނުވެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އިން ވިދާޅުވީ މިހާދިސާގައި 5 ކޮޓަރިއެއްގައި އުޅެމުން އައި 15 ބިދޭސީއަކު ވަނީ ރައްކާތެރިކަމާއެކު ސަލާމަތް ކުރެވިފައި ކަމަށެވެ. މީގެ އިތުރުން ހާދިސާ ހިނގި ގެއާ އިންވެގެން ހުރި އިމާރާތުން ފެނުގެ ޚިދުމަތް މެދުކެނޑުނު ކަމަށް ވެސް އެން.ޑީ.އެމް.އޭ އިން ވިދާޅުވިއެވެ. އެހެން ކަމުން އެ އިމާރާތުގައި ދިރިއުޅޭ 26 މީހަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އަލިފާން ރޯވި އިމާރާތާ އިންވެގެން ހުރި މއ.ދޫގަސް 1 އާއި ދެ ތަނުގައި ދިރިއުޅޭ ޖުމްލަ 41 މީހަކަށް މި ހާދިސާގައި އަސަރުކޮށްފައިވެއެވެ. އެން.ޑީ.އެމް.އޭ އިން ވިދާޅުވީ މިއެންމެން މިހާރު ވަނީ ވަގުތީ ތަންތަނަށް ބަދަލުކޮށްފައި ކަމަށެވެ. "މިފަރާތްތަކަށް ބޭނުންވާ ޒަރޫރީ ބޯހިޔާވަހިކަމާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިގެންދަނީ ކުރަމުން. އަދި ބިދޭސީންނަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ހަމަޖެއްސުމަށްޓަކައި އެ ފަރާތްތަކުގެ ސްޕޮންސަރާ ގުޅައި، މިހާރު ވަނީ ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމަށް އެންގިފައި. އަދި ކަމާބެހޭ އިދާރާތަކާ ގުޅިގެން، ހާދިސާގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މި ދަނީ ކުރަމުން،" އެން.ޑީ.އެމް.އޭ އިން ވިދާޅުވެފައިވެއެވެ.

ހޮސްޕިޓަލަށް ގެންދިޔަ 4 މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައިފަރުވާދެމުންދާކަމަށްވެސް އެން.ޑީ.އެމް.އޭއިން ވިދާޅުވެފައިވެއެވެ. އަނެއްތިންމީހުން ވަނީ އެކިވަރަށް ފިހިފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. މީގެތެރޭގައިހިމެނެނީއިންޑިއާ 3 މީހަކާއި ސްރީލަންކާމީހެއް ކަމަށް ވެސް އެން.ޑީ.އެމް.އޭވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން ގެންދަނީ ބަނގްލަދޭޝްގެ ދެމީހަކާއި އިންޑިއާ ދެމީހަކަށް ކަމަށެވެ.

މި މައްސަލަ ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު