ދިވެހި|English 1 ސެޕްޓެމްބަރު 2026 · 12:03
Top banner
Advertisement
ނައިޑް އިންވެސްޓްމެންޓްގެ އެކައުންޓުތައް ފްރީޒް ކުރުމަށްފަހު، އޮފީސް ބަލައި ފާސްކުރަން ފަށައިފި އެމްއެމްއޭއިން ދޫކުރަން ހުއްދަނެތި ބޭރުފައިސާގެ ވިޔަފާރި ކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާނޭ ކަމަށް ހޯމް މިނިސްޓަރު ވަނީ ވިދާޅުވެފައި
ޚަބަރު

ނައިޑް އިންވެސްޓްމެންޓްގެ އެކައުންޓުތައް ފްރީޒް ކުރުމަށްފަހު، އޮފީސް ބަލައި ފާސްކުރަން ފަށައިފި

ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތައް ފްރީޒް ކުރުމަށްފަހު، އެތަނުގެ އޮފީސް ބަލައި ފާސްކުރަން ފަށައިފި އެވެ،

މމުހައްމަދު އަލީ1 ސެޕްޓެމްބަރު 2026

ބޭރު ފައިސާގެ މައްސަލައަކާ ގުޅިގެން، މ. ދަނބު ގޯޅީގައި ހުންނަ ނައިޑް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އޮފީސް ބަލައި ފާސް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އެކުންފުނީގެ އޮޮފީސް ބަލައިފާސްކުރަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދޫކުރާ މަނީ އެކްސްޗޭންޖް ވިޔަފާރި ހިންގުމުގެ ލައިސަންސް ނެތި ބޭރު ފައިސާ ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ގާނޫނާ ހިލާފަށް ކުރަމުންދާ ކަމުގެ ތުހުމަތުގައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ބޭރު ފައިސާގެ ވިޔަފާރި ހިންގުމަށް އެކުންފުނީން ބޭނުންކުރާ ބޭންކު އެކައުންޓްތައް ވަނީ ފްރީޒް ކޮށްފައި ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ. އެކައުންޓުތައް ފްރީޒް ކުރުމަށްފަހު "ތަހުގީގަށް ބޭނުންވާ އިތުރު ހެއްކާއި ގަރީނާ ހޯދުމަށްޓަކައި މ.ދަނބުގޯޅީގައި ހުންނަ އެ ކުންފުނީގެ އޮފީސް ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް އެބަދެއެވެ."

ގުޅުންހުރި ޚަބަރު