ދިވެހި|English 29 ނޮވެމްބަރު 2026 · 22:04
Top banner
Advertisement
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ވަންްދޫ ދާއިރާއަށް ވާދަކުރެއްވި މުޙައްމަދު ޝަފީގު ބޮޑެތި ތުހުމަތުތަކެއް
ޚަބަރު

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު: ވަންްދޫ ދާއިރާއަށް ވާދަކުރެއްވި މުޙައްމަދު ޝަފީގު ބޮޑެތި ތުހުމަތުތަކެއް

މމުހައްމަދު އަލީ29 ނޮވެމްބަރު 2026

މިދިޔަ ހުކުރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ތ. ވަންދޫ ދާއިރާއަށް ކުރިމަތިލެއްވީ އެއަތޮޅު ގާދިއްފުށީ، ހުސްނޫވިލާ، މުހައްމަދު ޝަފީގު  އިންތިޚާބާ ބެހޭ ޝަކުވާތަކެއް އެމްޑީޕީ އޮފީހަށް ހުށަހަޅުއްވައިފިއެވެ.

އޭނާގެ އެންމެ ބޮޑުޝަކުވާއަކީ އޭނާގެ ފަރާތުން ވޯޓުފޮށި ކައިރީގައި މަންދޫބަކު ބަހައްޓާނެ ފުރުސަތު ނުލިބުމުގެ ޝަކުވާއެކެވެ. އޭގެ ސަބަބުން އޭނާގެ ހައްގުތަކެއް ގެއްލުނު ކަމަށާއި އެހައްގުތައް ހޯދައިދިނުމަށް ޕާޓީ އޮފީހަށް ހުށަހެޅި ޝަކުވާގައި އޭނާ އެދިލައްވާފައިވެއެވެ.

ޝަފީގު ވިދާޅުވީ އޭނާގެ ފަރާތުން މަންދޫބަކު އައްޔަން ކުރަން ދެފަހަރު ހުށަހެޅުމުން ވެސް އެކަންވާ ގޮތެއް ނުވިކަމަށެވެ. ފުރަތަމަ ދިމާވީ ފޮޓޯގެ މައްސަލަ ކަމަށާއި އެކަން ހައްލުކުރުމަށް އިތުރު ފޮޓޯއެއް ހުށަހަޅަން އުޅުމުން އެކަމަށް ވެސް ފުރުސަތެއް ނުލިބުނު ކަމަށް ވިދާޅުވިއެވެ. އެކަން ހައްލު ކުރުމަށް ސިޓީއަކުން އެދުމުން ވެސް އެއަށް ޕާޓީ އޮފީހުން އިޖާބަ ނުދެއްވި ކަމުގެ ޝަކުވާ އޭނާ ވަނީ ކޮށްފައެވެ. "އެހެން ކަމުން ގައުމީ މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށް ދިޔައިރު ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އިންތިޚާބުގެ ކަންކަން އޮބްޒާވް ކުރުމަށް އަޅުގަނޑަށް ލިބިގެންވާ ހައްގުން އަޅުގަނޑުވަނީ މަހްރޫމް ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.

އޭނާ ތުހުމަތު ކުރައްވާފައިވާ ގޮތުގައި އެދުވަހުގެ ވޯޓުލައި ނިމިގެން އެރޭ 7:10 އެހައިންކަންހާއިރު ފޮށްޓާ ހަވާލުވެތިބި ބޭފުޅުން ވަނީ ވޯޓުލާ މަރުކަޒުން ވޯޓުފޮށި ނެރެގެން ގެންގޮސްފައި. އޭރުވެސް ނަތީޖާ އިއުލާނެއް ނުކުރޭ،" ކަމަށް އޭނާ ވިދާޅުވިއެވެ. ވޯޓުލައި ނިމި 24 ގަޑިއިރު ފާއިތުވެގެންދިޔައިރުވެސް ފޮށިވީތަނެއް ނޭނގޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ވީމާ މިމައްސަލަ ބައްލަވައި އަޅުގަނޑުގެ ގެއްލިފައިވާ ހައްގުތައް އަޅުގަނޑަށް ހޯއްދަވައި ދެއްވުން އެދެން،" އޭނާގެ ޝަކުވާގައި ވިދާޅުވެފައިވެއެވެ. މި އިންތިޚާބުގައި ޤަވާޢީދާ ޚިލާފު އެތައްކަމެއް ހިންގާފައިވާ ކަމުގެ ތުހުމަތު ވެސް އޭނާ ވަނީ ކުރައްވައިފައެވެ. ވަކިބަޔަކު ބޭނުންވާ ކެންޑިޑޭޓަކު ހޮވަން ވަކި ބަޔަކު ވަނީ މަސައްކަތްކޮށްފައި ކަމަށްވެސް އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ.

ގުޅުންހުރި ޚަބަރު