އަލްއައްބާރަށް ރަސްމާލެ ވިއްކުމާ ދެކޮޅަށް ތެދުވުމަށް ދައުލަތުގެ ޢިއްޒަތުގެ ޝަރަފުއަރުވާފަވާ ހުރިހާ ބޭފުޅުންނަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގޮވާލައްވައިފިއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ މިކަމާ ދެކޮޅު ހައްދަވައި އިހުތިޖާޖުކޮށްދެއްވަން އެބޭފުޅުންނަށް އިލްތިމާސްކުރައްވާ ކަމަށެވެ. މިއީ ޚިޔާނާތެއް ކަމަށާއި އެހެންކަމުން ޚިޔާނާތާ ދެކޮޅުކަން ހާމަކޮށް ދެއްވުމަށް ރައީސް ޔާމީން ވަނީ އެދިވަޑައިގެންފައެވެ.
"ދައުލަތުގެ ޢިއްޒަތުގެ ޝަރަފު އަރުވާފަވާ ހުރިހާ ބޭފުޅުން ރަސްމާލެ އަލައްބާރަށް ވިއްކާލުމާ ދެކޮޅު ހައްދަވާ އިހުތިޖާޖު ކޮށްދެއްވަން އަޅުގަނޑު އިލްތިމާސް ކުރަން. މިވަރުގެބޮޑު ޚިޔާނާތަކާ ދެކޮޅުކަން ގައުމުގެ ހައްގުގައި ހާމަކޮށްދެއްވާ،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.





