ދިވެހި|English 27 ނޮވެމްބަރު 2026 · 19:56
Top banner
Advertisement
އިންތިޚާބުގެ ނަތީޖާއަށްފަހު އެއްރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވާނެ: ފައްޔާޒު
ޚަބަރު

އިންތިޚާބުގެ ނަތީޖާއަށްފަހު އެއްރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ބޮޑުވާނެ: ފައްޔާޒު

މިއިންތިޚާބުގައި ޖުމްލަ 1612 ކެންޑިޑޭޓުން ވާދަ ކުރެއެވެ.

މމުހައްމަދު އަލީ27 ނޮވެމްބަރު 2026

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ނަތީޖާއަށްފަހު ޕާޓީގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އޮންލައިން ނޫހަކާ ވާހަކަ ދައްކަވަމުން ފައްޔާޒު އިތުރަށް ވިދާޅުވީ އިންތިޚާބަށްފަހު ޕާޓީ އިތުރަށް ވަރުގަދަވެ، އެއް ރޫހެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެސް ބޮޑުވެގެންދާނޭ ކަމަށެވެ.

އޭނާ ވިދާޅުވީ މިއީ ލޯކަލް ކައުންސިލް އިންތިޚާބަށްފަހު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އިންތިޚާބު ކަމަށެވެ. މިއިންތިޚާބުގައި އެކިދާއިރާގެ ގޮނޑިތަކާއި ގައުމީ މަޖިލީހަށް ޖުމްލަ 1612 ކެންޑިޑޭޓުން ވާދަ ކުރެއެވެ. އޭގެ ތެރޭގައި ގައުމީ މަޖިލީހަށް އިންތިޚާބު ކުރަންޖެހޭ 359 ކެންޑިޑޭޓުން ހިމެނެއެވެ. ގައުމީ މަޖިލީހަށް އެކަނި 774 މީހުން ވާދަކުރެއެވެ. މީގެ އިތުރުން އަތޮޅުތަކާއި ރަށްރަށުގެ ދާއިރާތަކަށް ނާއިބު ރައީސުން ހޮވުމާއި އަންހެން ސެކްރެޓެރީންނާއި ޔޫތު ސެކްރެޓަރީން އިންތިޚާބުކުރުން ވެސް މިއަދު އޮންނާނެއެވެ.

އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން އޮންނާނީ ނޮވެމްބަރު 30 ގައެވެ.

ގުޅުންހުރި ޚަބަރު