ދިވެހި|English 27 ނޮވެމްބަރު 2026 · 19:51
Top banner
Advertisement
ރައީސް ނަޝީދުގެ މެސެޖު: ހުރިހާ މެންބަރުން ނުކުމެ ވޯޓު ދެއްވާ!
ޚަބަރު

ރައީސް ނަޝީދުގެ މެސެޖު: ހުރިހާ މެންބަރުން ނުކުމެ ވޯޓު ދެއްވާ!

އެކަށީގެންވާ އަދަދަކަށް މީހުންވަނީ ވޯޓުލާން ނުކުމެފައި

މމުހައްމަދު އަލީ27 ނޮވެމްބަރު 2026

މިއަދު ކުރިއަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޕާޓީގެ އެންމެހާ މެންބަރުން ނުކުމެ ވޯޓުލުމަށް އެ ޕާޓީގެ ޗެއަރޕާސަން، ރައީސް މުޙައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު ވިދާޅުވީ މިއަދަކީ އުފާވެރި ދުވަހެއް ކަމަށެވެ. އޮމާން ކަމާއެކު އިންސާފުވެރި އިންތިޚާބުތައް ބޭއްވުމަކީ އެމްޑީޕީ ވަރަށް ފަރިތަކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އިންތިޚާބުގެ އެކި މަގާމްތަކަށް އިންތިޚާބު ކުރަންޖެހޭ މަގާމްތައް ގިނަވުމުގެ ސަބަބުން ކެންޑިޑޭޓުންގެ އަދަދު ވެސް އިތުރު ކަމާއި އޭގެ ސަބަބުން ވޯޓު ކަރުދާސް ވެސް ބޮޑު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެން ކަމުން ވޯޓުލާން އިރުކޮޅެއް ހޭދަވިޔަސް ކެތްތެރި ކަމާއެކު ވޯޓު ލައްވަމުން ގެންދެވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މިހާރުވެސް ވޯޓު ލުމަށް އެކަށީގެންވާ އަދަދެއްގެ މެންބަރުން އައިސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ބައެއް މަރުކަޒުގައި މިއަދު ވޯޓުލާން ފެށިފައިވަނީ ލަހުންނެވެ. އެކަމާ މެދު ރައީސް ނަޝީދު ވިދާޅުވީ މިހާރު ވެރިކަމުގައި އޮތީ އެމްޑީޕީ ނޫންކަމަށާއި އެހެންކަމުން މިހާރު ލިބިފައިވާ ވަސީލަތްތަކަކީ ސަރުން ދެއްވީމާ ދެއްވި ވަރަކަށް ލިބިފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ބައެއްފަހަރު ސަރުކާރުން މިކަމަށް ހޯލެއްދޭ ކަމަށާއި އަނެއްބައިފަހަރު ނުދޭ ކަމަށް ވެސް ޗެއަރ ވިދާޅުވިއެވެ. މީގެ ސަބަބުން ވަރަށް ބޮޑެތި ތާށިތައް ކުރިމަތިވާ ކަމަށާއި މިފަދަ ކޮންމެ ކަމެއް އިންތިޒާމްވެގެން މިދަނީ ބޮޑެތި ގޮންޖެހުންތަކާއެކުގައިކަން އެމްޑީޕީގެ މެންބަރުންނާއި ކެންޑިޑޭޓުންނަށް ވެސް އެނގޭނޭ ކަމަށް ޗެއަރ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު