ދިވެހި|English 28 ނޮވެމްބަރު 2026 · 16:18
Top banner
Advertisement
އިންތިޚާބުގެ ނަތީޖާއިން ބޮޑުބަދަލަށް އޮތް އިތުބާރު ހާމަވެއްޖެ: ފައްޔާޒުފައްޔާޒާއި ރައީސް ނަޝީދު
ޚަބަރު

އިންތިޚާބުގެ ނަތީޖާއިން ބޮޑުބަދަލަށް އޮތް އިތުބާރު ހާމަވެއްޖެ: ފައްޔާޒު

މމުހައްމަދު އަލީ28 ނޮވެމްބަރު 2026

އެމްޑީޕީން އިއްޔެ ބޭއްވި އެތެރޭގެ އިންތިޚާބުގެ ނަތީޖާއިން ދައްކައިދެނީ ޕާޓީގެ މެންބަރުންގެ މެދުގައި ބޮޑު ބަދަލަށް އޮތް އިތުބާރު ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ މިނަތީޖާއާއެކު ދެން ފަށައިގަންނަންވީ ޕާޓީގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސައްކަތް ކަމަށެވެ. "އިރާދުކުރެއްވިއްޔާ އެމްޑީޕީ އެކުގައި ނުކުމެ އަޅުގަނޑުމެން މި ގައުމަށް އަނެއްކާވެސް ހެޔޮ ބޮޑުބަދަލެއް ގެންނާނަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަނީ އިއްޔެ ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ހުރިހާ ކެންޑިޑޭޓުންނަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. އަދި އިންތިޚާބުގައި ވާދަކޮށް ނާކާމިޔާބުވި ކެންޑިޑޭޓުން ކުރެއްވި މަސައްކަތަށް ސާބަސް ވެސް ވަނީ ދެއްވައިފައެވެ.

"މަރުހަބާ ސެކްރެޓޭރިއަޓް އަދި މުޅި އެމްޑީޕީ. މި އިންތިހާބުގައި ބޮޑު ބަދަލުގެ ކެންޑިޑޭޓުންނަށް ގައުމީ މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ހޯއްދަވައިދެއްވީތީ އާންމު މެންބަރުންނަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު