ދިވެހި|English 21 ސެޕްޓެމްބަރު 2026 · 13:10
Top banner
Advertisement
އީރާނުގެ އަޔާތުއްﷲ ޝުބައިރީ ޒަންޖާނީ އަވަހާރަވެއްޖެއަޔާތުއްﷲ ސައްޔިދު މޫސާ ޝުބައިރީ ޒަންޖާނީ
ދުނިޔެ

އީރާނުގެ އަޔާތުއްﷲ ޝުބައިރީ ޒަންޖާނީ އަވަހާރަވެއްޖެ

އޭނާ އަވަހާރަވުމުގެ ހިތާމައިގައި އީރާނުގެ ރައްޔިތުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ދީނީ އިތުބާރުހުރި ފަރާތްތަކަށް ތަޢުޒިޔާ ވަނީ ފޮނުވައިފައެވެ.

މމުހައްމަދު އަލީ21 ސެޕްޓެމްބަރު 2026

އީރާނުގެ މަޝްހޫރު ޢިލްމުވެރިޔާ އަޔާތުއްﷲ ސައްޔިދު މޫސާ ޝުބައިރީ ޒަންޖާނީ އަވަހާރަވެއްޖެއެވެ. މިކަން ހާމަކޮށްފައިވަނީ އޭނާގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.

ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނެރުނު މި ބަޔާނުގައިވާ ގޮތުން، އަޔާތުއްﷲ ޝުބައިރީ ޒަންޖާނީ މުޅި ޙަޔާތްޕުޅު ޚާއްޞަކުރެއްވީ ޢިލްމީ ދިރާސާތަކަށާއި، ދެމެހެއްޓެނިވި ޢިލްމީ މަސައްކަތްޕުޅުތަކަށާއި، ޞައްޙަ އިސްލާމީ ފިޤުހު ރައްކާތެރިކޮށް ކުރިއެރުވުމަށެވެ. މީގެ އިތުރުން އިސްލާމްދީން ފެތުރުއްވުމަށާއި، އީރާނުގެ ރައްޔިތުންނަށް ޚިދުމަތްކުރެއްވުމަށް އޭނާ ވަނީ މަސައްކަތް ކުރައްވައިފައި ކަމަށް ބަޔާނުގައިވެއެވެ.

އޭނާ އަވަހާރަވުމުގެ ހިތާމައިގައި އީރާނުގެ ރައްޔިތުންނަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ދީނީ އިތުބާރުހުރި ފަރާތްތަކަށް ތަޢުޒިޔާ ފޮނުވާ ކަމަށް އެބަޔާނުގައިވެއެވެ. އޭނާގެ ކަށުކަމާކެމީގެ ކަންކަމާއި ފަސްދާނުލުމުގެ ރަސްމިއްޔާތުގެ ތަފްޞީލު ފަހުން ޢާއްމުކުރައްވާނޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު