ދިވެހި|English 22 ސެޕްޓެމްބަރު 2026 · 14:59
Top banner
Advertisement
އެމްޑީޕީ މެންބަރުން ފަޚުވެރިވާފަދަ ކޮންގްރެސްއެއް ބާއްވައިދޭނަން: ޝިފާޒުޝިފާޒު
ޚަބަރު

އެމްޑީޕީ މެންބަރުން ފަޚުވެރިވާފަދަ ކޮންގްރެސްއެއް ބާއްވައިދޭނަން: ޝިފާޒު

ކޮންގްރެސްމަނުންގެ ގޮތުގައި މިވަގުތާ ހަމައަށް 986 ބޭފުޅުން އެބަތިއްބެވި. ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ 24 ގަޑިއިރުތެރޭގައި ފަސް ސަތޭކައަށްވުރެ ގިނަ ބޭފުޅުން ރަޖިސްޓްރީން ކޮށްފައިވޭ.

މމުހައްމަދު އަލީ22 ސެޕްޓެމްބަރު 2026

ކިތަންމެ ދަތިކަމެއްގެ ތެރެއިން ވެސް އެމްޑީޕީ މެންބަރުން ފަޚުވެރިވާފަދަ ކޮންގްރެސްއެއް ބާއްވައި ދެއްވާނޭ ކަމަށް އެޕާޓީގެ ޑެޕިޔުޓީ ޗެއަރޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ މިއަދު ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު އަބަދުވެސް އެންމެބޮޑު ހިތްވަރެއް ލިބެނީ ޕާޓީގެ އާންމު މެންބަރުންނާއި ޕާޓީގެ އެކި ގުނަންތަކުގައި ތިއްބަވާ އިސްވެރިން ބަހައްޓަވާ ޝައުގުވެރިކަމުގެ ސަބަބުން ކަމަށެވެ.

ޝިފާޒު ވިދާޅުވީ އެމްޑީގެ ކޮންގްރެސްމަނުންގެ ގޮތުގައި މިވަގުތާ ހަމައަށް 986 ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ރަޖިސްޓްރޭޝަނަށް ހުޅުވާލިތާ 24 ގަޑިއިރުތެރޭގައި ފަސް ސަތޭކައަށްވުރެ ގިނަ ބޭފުޅުން ރަޖިސްޓްރީން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއަދު ނިމެންވާއިރަށް މިއަދަދު ޑަބަލްވާނޭ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ކޮނގްރެސް ފަށާނީ އޮކްޓޯބަރ އެކެއްވާ ބުރާފަސްތި ދުވަހުގެރޭގައެވެ. އެރޭގެ ހަރަކާތުގެ ތެރޭގައި ހުޅުވުމުގެ ރަސްމިއްޔާތު ހިމެނެއެވެ. ޖެހިގެން އަންނަ ހުކުރުދުވަހުގެ ދަންފަޅި ފަށާނީ މެންދުރު ކަމަށާއި އެދުވަހު ހަވީރާއި ރޭގަނޑު އޮންނާނީ އިންވެސްޓްމެންޓް ފޯރަމް ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ކޮންގްރެސްގެ ރަސްމީ މަސައްކަތް ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެދުވަހު އަސާސީ ގަވާއިދަށް ބަހުސްކުރުމާއި އެއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަސާސީ ގަވާއިދަށް ހުށަހަޅާ އިސްލާހުތަކާއެކު ކޮންގްރެސް އަށް ހުށަހަޅައިގެން އެރޭ އަސާސީ ގަވާއިދު ފާސްކުރެވޭނޭ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ކޮންގްރެސް އަޑުއެހުމާއި ބަލަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އާންމުކޮށް ހުޅުވާލާފައިވާ ކަމަށެވެ. ކޮންގްރެސް އޮންނާނީ މާލޭސިޓީ ހޯލުގައެވެ.

 

ގުޅުންހުރި ޚަބަރު