ދިވެހި|English 22 ސެޕްޓެމްބަރު 2026 · 22:42
Top banner
Advertisement
އައްބާސް އަރާޤްޗީ، ޤަޠަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ދުނިޔެ

އައްބާސް އަރާޤްޗީ، ޤަޠަރުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި

މި ދެބޭފުޅުން ބައްދަލު ކުރެއްވީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.

އއަހުމަދު މުހައްމަދު22 ސެޕްޓެމްބަރު 2026

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރާޤްޗީ، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އަލްޘާނީއާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުން އޮތީ ސެޕްޓެމްބަރު 22 ވަނަދުވަހު ނިއުޔޯކުގައެވެ. މި ދެބޭފުޅުން ބައްދަލު ކުރެއްވީ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ. ދެ ބޭފުޅުން ވަނީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.  މިއަދުގެ ކުރީކޮޅު އަރާޤްޗީ ވަނީ ނިއުޔޯކްގައި އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތާޖާނީއާއި، ސުވިޒަރލޭންޑްގެ ޚާރިޖީ ވަޒީރު އިގްނާޒިއޯ ކަސިސްއާ ވަކިވަކިން ބައްދަލު ކުރައްވައި އެކިކަންމަށް މަޝްވަރާ ކުރައްވައިފައި ކަމަށް އިރުނާ ނޫހުންވަނީ ބުނެފައެވެ.

އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންތައް ފަށާފައިވަނީ މިއަދުއެވެ.

އީރާނުގެ ރައީސް ޕެޒެޝްކިއަންގެ ވަފުދު ނިއުޔޯކަށް ވަޑައިގެންނެވުމުން އެމެރިކާއިން ވަނީ އެ ވަފުދުގެ ބައެއް ބޭފުޅުންނަށް ވިސާ ދޫކުރަން އިންކާރުކޮށްފައެވެ. އޭގެ ތެރޭގައި އެމަނުފާނުގެ މީޑިއާ ޓީމު ވެސް ހިމެނެއެވެ.

 

ގުޅުންހުރި ޚަބަރު