ދިވެހި|English 22 ސެޕްޓެމްބަރު 2026 · 22:41
Top banner
Advertisement
އީރާނުގެ ރައީސް ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހަށް
ދުނިޔެ

އީރާނުގެ ރައީސް ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހަށް

ޕެޒެޝްކިއަން ވިދާޅުވީ އދ. ގެ މި ބައްދަލުވުމަކީ އިރާނުގެ ސިޔާސަތުތަކާއި، އިރާނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބާރު ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.

މމުހައްމަދު އަލީ22 ސެޕްޓެމްބަރު 2026

ތެހެރާން، އައިއާރުއެންއޭ – އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރައްވާ ދަތުރުފުޅުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަލްޖިއާޒް އެއާޕޯޓުގައި މަޑުކުރައްވައިފިއެވެ. އެވަގުތު ރައީސް މަސްއޫދު ޕެޒެޝްކިއަން އަށް މަރުހަބާ ދެންނެވީ އަލްޖީރިއާގެ އިންޓީރިއަރ މިނިސްޓަރެވެ.

ޕެޒެޝްކިއަން ތެހެރާނުން ފުރާވަޑައިގަތީ އަންގާރަ ދުވަހު އެވެ. އެއީ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ބައްދަލުވުމުގައި ބައިނަލްއަގުވާމީ މައްސަލަތަކުގައި އިރާނުގެ ސިޔާސަތުތަކާއި އުސޫލުތައް އޭނާ ހާމަކުރައްވާނެއެވެ.

ފުރާވަޑައިގަތުމުގެ ކުރިން ޕެޒެޝްކިއަން ވިދާޅުވީ އދ. ގެ މި ބައްދަލުވުމަކީ އިރާނުގެ ސިޔާސަތުތަކާއި، އިރާނުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބާރު ބައިނަލްއަގުވާމީ މުޖުތަމައަށް ހާމަކޮށްދިނުމަށް ލިބުނު ފުރުސަތެއް ކަމަށެވެ. އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަން ނިއުޔޯކްގައި މިއަދު ވަނީ ފަށައިފައެވެ.

 

ގުޅުންހުރި ޚަބަރު