ދިވެހި|English 22 ސެޕްޓެމްބަރު 2026 · 22:40
Top banner
Advertisement
އީރާނުގެ "ސަގާފީ ހަފްތާ" ރަޝިޔާގައި ބާއްވަން ތައްޔާރުވެއްޖެ
ދުނިޔެ

އީރާނުގެ "ސަގާފީ ހަފްތާ" ރަޝިޔާގައި ބާއްވަން ތައްޔާރުވެއްޖެ

މި ހަރަކާތުގެ ތެރޭގައި ސަގާފީ، ފަންނީ އަދި އިލްމީ 13 ޕްރޮގްރާމެއް ހިމެނޭ

އއަހުމަދު މުހައްމަދު22 ސެޕްޓެމްބަރު 2026

ތެހެރާން، އައިއާރްއެންއޭ –އީރާނުގެ ސަގާފީ ހަފްތާ ރަޝީގެ އެކި ސިޓީތަކުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނޯ ސެޕްޓެމްބަރު 24 އިން 26 އަށް ރަޝިޔާގެބޮޑު ހަތަރު ސިޓީއެއްގައެވެ.

މި ހަރަކާތުގެ ތެރޭގައި ސަގާފީ، ފަންނީ އަދި އިލްމީ 13 ޕްރޮގްރާމެއް ހިމެނޭ ކަމަށް އިރްނާއިން ބުނެފައިވެއެވެ.

އީރާނުގެ އިސްލާމިކް ކަލްޗަރ އެންޑް ކޮމިއުނިކޭޝަން އޯގަނައިޒޭޝަންގެ ޑެޕިއުޓީ ހެޑް ހުސައިން ދީވްސާލާރު އައިއާރްއެންއޭ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވައިވަނީ، އީރާނުގެ ސަގާފީ ހަފްތާގެ ތަފާތު ޕްރޮގްރާމްތައް ހޯސްޓްކުރާނީ ރަޝިޔާގެ ވެރިރަށް މޮސްކޯ، ސެއިންޓް ޕީޓަރސްބާގް، ކަޒާން އަދި އަސްތުރާޚާން ސިޓީގައި ކަމަށެވެ.

ދީވްސާލާރު ވިދާޅުވި ގޮތުގައި، ސަގާފީ މި ހަފްތާގެ އެންމެ މުހިންމު އެއް ހަރަކާތަކީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ސަގާފީ މަރުކަޒު ކަމަށްވާ މޮސްކޯގެ ތާރީޚީ ބޮލްޝޯއީ ތިއޭޓަރުގައި އީރާނުގެ ނޭޝަނަލް މިއުޒިކް އޯކެސްޓްރާ އިން ހުށަހަޅައިދޭ ހުށަހެޅުމެއް ކަމަށެވެ.

މީގެ އިތުރުން އިސްލާމީ އިންގިލާބުގެ ޝަހީދުވެފައިވާ ލީޑަރުގެ ހަނދާން އާކުރުމާއި، ކުޑަކުދިންނާއި ޒުވާނުންގެ އެކުވެރިކަމުގެ ހަފްތާއާއި، ފިލްމާއި އެނިމޭޝަން ހަފްތާގެ އިތުރުން އިލްމީ އަދި އެކަޑެމިކް ބައްދަލުވުންތައްވެސް ސަގާފީ ހަފްތާގެ ތެރޭގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު