ދިވެހި|English 23 ސެޕްޓެމްބަރު 2026 · 12:22
Top banner
Advertisement
ޓްރަމްޕް ދެއްކެވި އަދާވާތްތެރި ވާހަކަފުޅުތަކަށް އީރާނުގެ އަސްކަރިއްޔާއިން ވަރުގަދައަށް ރައްދުދީފި
ދުނިޔެ

ޓްރަމްޕް ދެއްކެވި އަދާވާތްތެރި ވާހަކަފުޅުތަކަށް އީރާނުގެ އަސްކަރިއްޔާއިން ވަރުގަދައަށް ރައްދުދީފި

މމުހައްމަދު އަލީ23 ސެޕްޓެމްބަރު 2026

އދ. އާންމު މަޖިލީހުގައި އިރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ޢަދަވާތްތެރި ވާހަކަތަކަށް އީރާނުގެ އަސްކަރީ ބާރުތަކުން ވަރުގަދައަށް ރައްދު ދީފިއެވެ.

އީރާނުގެ އާންމު ސިފައިންނާއި، ޚާތަމް އަލް-އަންބިޔާ ސެންޓްރަލް ހެޑްކުއާޓަރސްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގެ ރައީސް އީރާނާ ދެކޮޅަށް ދެއްކެވި އަދާވާތްތެރި ވާހަކަފުޅުތަކާއި ތަކުރާރުކޮށް ދެއްވި އިންޒާރުތަކަކީ އެމެރިކާއިންގެ  ހިންގަމުންދާ އުދުވާންތައް ސައްހަކުރުމަށް ދެއްވި އިންޒާރުތަކެއް ކަމަށެވެ. އޭގެ އިތުރުން ޓްރަމްގެ ބޭނުންފުޅަވަނީ، ހަމަނުޖެހުން އުފެއްދައި ނަހަމަ ގޮތުގައި އދ. ގެ އާންމަޖިލީހުގެ ޕޯޑިއަމް ބޭނުން ކުރުމަށް ކަމަށް ވެސް ބުނެފައިވެއެވެ. ޓްރަމްޕު ބޭނުންފުޅުވީ ހަގީގަތަށްވުރެ ބޮޑަށް އެމެރިކާގެ އެތެރެގޭގެ ޕްރޮޕެގަންޑާ ފަތުރަން އދ. މަޖިލިސް ބޭނުންކުރައްވަން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އީރާނުގެ އަސްކަރިއްޔާއިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމެރިކާގެ ރައީސްގެ މިފަދަ ދެއުޅި އެއްނުވާ ވާހަކަފުޅުތަކުން ދޭހަވަނީ އީރާނާ ދެކޮޅަށް އުދުވާން ހިންގުމުގައި އެމެރިކާއަށް ކުރިމަތިވެފައިވާ ސްޓްރެޓީޖިކް ނާކާމިޔާބީއާއި މަގުބަންދުވެފައިވާ މިންވަރު ކަމަށެވެ.

ހަނގުރާމަ ކޮށްކޮށް އެމެރިކާގެ ސިފައިން ވަރުބަލިވެފައިވާ ދަނޑިވަޅެއްގައި، އަސާސެއްނެތް ތުހުމަތުތަކާއި އިންޒާރުތައް ތަކުރާރުކޮށް ޓްރަމްޕް ދެއްވުމަކީ ބާރުގަދަކަން ދައްކުވައިދޭ ކަމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓީޖިކް ގޮތުން ނިކަމެތިވެ މާޔޫސްވެފައިވާކަމުގެ ނިޝާނެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އިސްލާމީ އީރާނަކީ އަބަދުވެސް ސަރަހައްދީ މިނިވަންކަމާއި ބައިނަލްއަގުވާމީ ވިޔަފާރީގެ ރައްކާތެރިކަމުގެ އަސާސް ކަމުގައި އެބަޔާނުގައި ވަނީ ބުނެފައެވެ. އެހެންނަމަވެސް އެމެރިކާއިން ޤާނޫނާ ޚިލާފަށް ކަމަށާއި އޭގެ ސަބަބުން ނުރައްކަލާއި، ހަމަނުޖެހުމާއި، މަސްލަހަތު ގެއްލުން ފިޔަވާ އެހެންކަމެއް ނުވާކަމަށް ބަޔާނުގައިވެއެވެ. އަދި އީރާނާ ދެކޮޅަށް ހިންގި އުދުވާންތަކާއި ކަނޑުމަތީގެ ފޭރުންތަކުން ވިދިވިދިގެން ލިބުނު ނާކާމިޔާބީތަކުގެ ބަދަލުހިފުމަށްޓަކައި، އެމެރިކާއިން ވަނީ ދުނިޔޭގެ އިގްތިސާދު ރަހީނުކޮށްފައި ކަމަށްވެސް ބުނެފައިވެއެވެ.

އެމެރިކާގެ ރައީސްގެ ވާހަކަފުޅުތަކުގެ ސަބަބުން ބާރުގެ ހަމަހަމަކަމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އިރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަދި ދުނިޔޭގެ އައު ނިޒާމުގައި އެމެރިކާގެ ގަދަރު ކުޑަވެފައިވާ ކުޑަވުމަށް ނުވަތަ އީރާނާއި ރެސިސްޓެންސް ފްރަންޓާ ދެކޮޅަށް ކުރި ހަނގުރާމައިގައި ލިބުނު ލަދުވެތި ނާކާމިޔާބީތަކަށް ޓްރަމްޕުގެ ޢަދަވާތެރި ވާހަކަފުޅުތަކުން އެއްވެސް ތަސައްލީއެއް ނުލިބޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިނާބާއި، މަރްދުގެ މައުސޫމް ކުދިންނާއި، ގައުމުގެ ޝަހީދުންގެ ގާތިލުން ކަމަށްވާ އެމެރިކާއާއި ޒަޔަނިސްޓް ދައުލަތުގެ ވެރިންނަށް މިހާރަށްވުރެ މާބޮޑު، ފަނާކުރަނިވި އަދި އަންދާޒާކުރަން ނޭނގޭފަދަ ހަމަލާތަކެއް ދިނުމަށް ފުރިހަމައަށް ތައްޔާރަށް ތިބި ކަމަށެވެ.

ބަޔާން ނިންމާ ލަމުން ބުނެފައިވަނީ މާތްالله އިރާދަކުރެއްވިއްޔާ، އިސްލާމީ ޖުމްހޫރިއްޔާގެ އިއްޒަތްތެރި ރައީސް، އެމަނިކުފާނުގެ ގައުމާއި ހިތްވަރުގަދަ ސިފައިންގެ މެސެޖުގެ އިތުރުން، ބާރުގަދަ އަދި ބަލިނުކުރެވޭނެ އީރާނުގެ ކުޅަދާނަކަން އދ. ގެ އާންމު މަޖިލީހުގައި ދުނިޔެއަށް ހާމަކޮށްދެއްވާނޭ ކަމަށެވެ.

 

ގުޅުންހުރި ޚަބަރު