ދިވެހި|English 24 ސެޕްޓެމްބަރު 2026 · 13:35
Top banner
Advertisement
ނިއުކުލިއަރ ބޮންއޮތީ އިސްރާއީލް އަތުގައި، ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އީރާނާ ދެކޮޅަށް: އީރާނުގެ ރައީސްއީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް
ދުނިޔެ

ނިއުކުލިއަރ ބޮންއޮތީ އިސްރާއީލް އަތުގައި، ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އީރާނާ ދެކޮޅަށް: އީރާނުގެ ރައީސް

އީރާނުގެ ރައީސް މަސްޢޫދު ޕެޒެޝްކިއަން އދ. އާންމު މަޖިލީހުގައި ތަޤްރީރު ކުރެއްވުމުން އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރު ޤާލިބާފް އެކަމަށް ތަޢުރީފު ކުރައްވާފައެވެ.

އއަހުމަދު މުހައްމަދު24 ސެޕްޓެމްބަރު 2026

އޭނާ ވިދާޅުވީ އެ ތަޤްރީރަކީ އީރާނުގެ ޤައުމީ ބާރާއި އެ ޤައުމުގެ 3،000 އަހަރުވީ ތާރީޚީ ޙަޟާރާތް ދައްކުވައިދިން ތަޤްރީރެއް ކަމަށެވެ.

"ރައީސް ޑރ. ޕެޒެޝްކިއަން ވާހަކަފުޅު ދެއްކެވީ ހަމައެކަނި ސަރުކާރަކަށްޓަކައެއް ނޫން، ނަމަވެސް 3،000 އަހަރުވީ ޙަޟާރާތަކަށްޓަކައި،" ބުދަ ދުވަހު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާލިބާފް ވިދާޅުވިއެވެ.

"އޭނާއަކީ އިސްލާމީ ޖުމްހޫރިއްޔާ އީރާނުގެ ހިތްވަރާއި، ސާބިތުކަމާއި، އަދި ބާރުގެ ވަރުގަދަ އަޑު. ފަޚުރުވެރިކަމާއި، ސާބިތުކަމާއެކު ދެމިއޮތް އީރާނުގެ އުންމަތަށް ނަޞްރާއި ކާމިޔާބަށް އެދެން،" ޣާލިބާފް އިތުރަށް ވިދާޅުވިއެވެ.

ޕެޒެޝްކިއަން އދ. ގެ އާންމު މަޖިލީހުގައި ދެއްވި ތަޤްރީރު ބިނާކުރެއްވީ ހުޅަނގުގެ އިންޞާފެއްނެތް އުޞޫލުތައް ހާމަކުރެއްވުމަށެވެ. އެގޮތުން އިސްރާއީލުން ސިއްރުން ނިއުކްލިއަރ ހަތިޔާރު ގެންގުޅެ، އެއްވެސް ފިޔަވަޅެއް އެ މީހުންނާ ދެކޮޅަށް ނޭޅޭއިރު، އީރާނާ ދެކޮޅަށް މެދުކެނޑުމެއްނެތި ފާސްކުރަމުންދާ ފާސްކުރުންތަކާއި އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދެމެދުގައިވާ ބޮޑު ތަފާތު އޭނާ ފާހަގަކުރެއްވިއެވެ.

"ނިއުކްލިއަރ ބޮމް އޮތީ އިސްރާއީލުގައި، ނަމަވެސް އިންސްޕެކްޓަރުން ތިބީ އީރާނުގައި! އިސްރާއީލުން މީހުން މަރަމުންދާއިރު، ދަތިކުރުމުގެ ފިޔަވަޅު އަޅަނީ އީރާނާ ދެކޮޅަށް،" ޕެޒެޝްކިއަން ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު