މި ފަހުމުނާމާއިގައި ދެގައުމުން ސޮއިކުރީ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހައިލެވެލް ހަފުތާގެ ހަވާސާގައި ކަމަށް ފޮރިންމިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ފަހުމުނާމާގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ، ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމެވެ. ކްރޮއޭޝިއާގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެން ޔޫރަޕިއަން އެފެއާޒް އެފެއާޒް، ގަރލިޗް ރަޑްމެން އެވެ. މި ފަހުމުނާމާގައި ސޮއި ކުރެވިފައި ވަނީ ދެ ވަޒީރުންގެ ދެމެދުގައި ބޭއްވުނު ބައްދަލުވުމަކަށްފަހުގައި ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުމާއެކު، ދިވެހިރާއްޖެއާއި ކްރޮއޭޝިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމަށާއި، ދެ ޤައުމަށް ލާބަޔާއި މަންފާހުރި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި، ގަވާއިދުން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށް މަގުފަހިވެގެންދާނޭ ކަމަށް ވެސް ދިވެހި ޚާރިޖިއްޔާއިން ވިދާޅުވެފައިވެއެވެ.





