ދިވެހި|English 7 އޮކްޓޯބަރު 2026 · 02:54
Top banner
Advertisement
ފަޅުރަށަކަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ
ޚަބަރު

ފަޅުރަށަކަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެ

ގއ. ކޮލަމާފުށި ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކަޅެހުއްޓާއަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.

ހިރި ނިއުސްހިރި ނިއުސް6 އޮކްޓޯބަރު 2026

ފުލުހުން ވިދާޅުވީ އޭނާ ނިޔާވީ އެރަށަށް ގޮސް އުޅެނިކޮށް ހާލުދެރަވެގެން ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށް މައުލޫމާތު ލލިބިފައިވެއެވެ.

ނިޔާވެފައިވަނީ، ގއ. ކޮލަމާފުށި، އުދަރެސް، އަޙްމަދު މިސްޙާޤު (45އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައުލޫމާތު ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވަނީ މިއަދު 14:30 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވިއެވެ.

 މި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ މީޑިއާއިން ވަނީ މައުލޫމާތު ދެއްވައިފައެވެ.

ގުޅުންހުރި ޚަބަރު