ދިވެހި|English 11 އޮކްޓޯބަރު 2026 · 17:52
Top banner
Advertisement
ޒައިނިސްޓުންނަށް މިގައުމު ހިބަކޮށްދޭތަން ބަލަން ނުތިބޭނެ: އިމްރާން
ޚަބަރު

ޒައިނިސްޓުންނަށް މިގައުމު ހިބަކޮށްދޭތަން ބަލަން ނުތިބޭނެ: އިމްރާން

ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ދިވެހީން ނުތިބޭނޭ ކަމަށް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ11 އޮކްޓޯބަރު 2026

އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި އިމްރާން ވިދާޅުވެފައިވަނީ އެފަދަ ކަންކަމުން ދިވެހީން މިގައުމު ސަލާމަތް ކުރާނޭ ކަމަށެވެ. "މާތް اللهގެ ވާގިފުޅާއެކު އަޅުގަނޑުމެން މި ދިވެހި އުންމަތް ސަލާމަތްކުރާނަން،" އޭނާ ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި ހައުސިން މިނިސްޓަރ ޢަބްދުﷲ މުއްތަލިބަށް ބޮޑު ތުހުމަތެއް ކުރައްވައިފައެވެ. އިމްރާން ވިދާޅުވެފައިވަނީ އެ ދެބޭފުޅުން މަސައްކަތް ކުރައްވަނީ އަމިއްލަ މުއްސަނދިކަން އިތުރު ކުރެއްވުމަށް ކަމަށެވެ. "ރައީސް މުއިއްޒާއި އޭނާގެ ވަޒީރު މުއްތަލިބުގެ އަމިއްލަ ޒާތީ މުއްސަނދިކަން އިތުރުކުރަން، ދިވެހި ބިމާއި ކަނޑުފަޅާއި މުޅި ދިވެހި ދައުލަތް ޒައިނިސްޓުންނަށް ތާއަބަދަށް ހިބަކޮށްދޭތަން ބަލަން ރުހިގެން ދިވެހިން ނުތިބޭނެ،" ކަމަށެވެ.

 

ގުޅުންހުރި ޚަބަރު