ދިވެހި|English 25 ނޮވެމްބަރު 2026 · 19:09
Top banner
Advertisement
އަނިޔާވެރިކަމުން ސަލާމަތްވެފައިވާ ދުނިޔެއެއް ބިނާކުރަން ޖެހޭ: ރައީސް
ޚަބަރު

އަނިޔާވެރިކަމުން ސަލާމަތްވެފައިވާ ދުނިޔެއެއް ބިނާކުރަން ޖެހޭ: ރައީސް

ކޮންމެ އަންހެނަކީ ބިރުވެރިކަމާއި އަނިޔާއިން ސަލާމަތްވެފައިވާ މީހަކަށް ހެދުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

މމުހައްމަދު އަލީ25 ނޮވެމްބަރު 2026

އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހުގެ މުނާސަބަތާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވެފައިވަނީ މީގެ އިތުރުން އަނިޔާއިން ރައްކާތެރިވެފައިވާ ދުނިޔެއެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރެއްވުމަށެވެ.

މި މެސެޖުގައި ރައީސް ވިދާޅުވީ އަންހެނުންގެ ތެރެއިން އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަމާއި އިންސާފު ހޯދައިދިނުމަށް ދިވެހިރާއްޖެއިން ވެފައިވާ ސާބިތު ޢަޒުމު މިއަދުވެސް އައުކުރއްވާ ކަމަށެވެ. އެހެންކަމުން އަނިޔާ ލިބޭ މީހުން ރައްކާތެރިކޮށް، ކުށްކުރާ ފަރާތްތައް ޖަވާބުދާރީ ކުރުވަންޖެހޭ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަދަބުން ސަލާމަތްވުމުގެ ސަޤާފަތް ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރުން ދަނީ ސިޔާސަތުތަކާއި، ސްޓްރެޓަޖީތަކާއި ޕްރޮގްރާމްތައް ހަލުވިކަމާއެކު ކުރިއަށް ގެންދަމުން ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އަނިޔާވެރިކަން ޒިންމާދާރުކަމާއެކު ރިޕޯޓުކުރުމުގެ ނިޒާމު ހަރުދަނާކޮށް، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ޚާއްޞަ ރައްކާތެރިކަމެއް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރައީސް ވިދާޅުވީ އަނިޔާ ލިބޭ މީހުންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ހިތައި، އިންޞާފު ހޯއްދަވައި ދެއްވުމަށް އަވަސް ފިޔަވަޅު އެޅޭނޭ އިންތިޒާމެއް ކަށަވަރުކުރުމަށްޓަކައި، އިސް ސަފުގައި މަސައްކަތްކުރާ ފަރާތްތަކާއި، ތަންފީޛީ އިދާރާތަކާއި، ޝަރުޢީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ އަނިޔާ ކުރުން ހުއްޓުވުން ކަމަށެވެ. އެހެން ކަމަށް އެކަމަށްހުރި ހުރަސްތައް ނައްތާލައި، އަންހެނުންނަށް އެ މީހުންގެ ޙައްޤުތަކާއި ބާރުވެރިކަން ދީގެން މިކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

 

 

ގުޅުންހުރި ޚަބަރު