ދިވެހި|English 16 އޮކްޓޯބަރު 2026 · 20:47
Top banner
Advertisement
ކެރިގެން ޙައްގު ބަސް ބުނުމަކީ އިމާމުންގެ ދީނީ އަދި ޤައުމީ ވާޖިބެއް: ޝައިޚް އިމްރާންއައްޝައިޚް އިމްރާން ޢަބްދުﷲ
ޚަބަރު

ކެރިގެން ޙައްގު ބަސް ބުނުމަކީ އިމާމުންގެ ދީނީ އަދި ޤައުމީ ވާޖިބެއް: ޝައިޚް އިމްރާން

ޙައްގު ބަސް ބުނުމަކީ އިމާމުންގެ ދީނީ އަދި ޤައުމީ ވާޖިބެއްކަމަށް އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މމުހައްމަދު އަލީ16 އޮކްޓޯބަރު 2026

ސައްތައިން ސައްތަ އިސްލާމީ ދިވެހިރާއްޖޭގެ ފަސްގަނޑުން ބައެއް "ޒައިނިސްޓުންނަށް ވިއްކާލުމަށް" ރާވާރޭވުން ހުއްޓުވުމަށް ކެރިގެން ޙައްގު ބަސް ބުނުމަކީ އިމާމުންގެ ދީނީއަދި ޤައުމީ ވާޖިބެއްކަމަށް ކުރީގެ ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

"ސައްތައިން ސައްތަ މި އިސްލާމީ ފަސްގަޑުން ބޮޑު ބައެއް ޔަހޫދީ ޒައިނިސްޓުންނަށް ވިއްކާލުމަށް ރޭވޭ ރޭވުން ހުއްޓުވުމަށް ކެރިގެން ޙައްޤު ބަސްބުނުމަކީ ތިޔަ އިމާމުންގެ ދީނީ ޤައުމީ ވާޖިބެއް. ތިޔަ އިމާމުން ޙައްގުބަސް ބުނަން ބިރުގެން ފަސްޖެހިފައި ތިއްބާ މި ގައުމުގާ ގިނަ އަދަދެއްގެ ޔަހޫދީންނާއި ޒައިނިސްޓުން ވަޒަންވެރިވެ" ދާނޭކަމަށް އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވެއެވެ.

މިއީ މިޤައުމުގެ ސައްތައިން ސައްތަ އިސްލާމްކަން ކެނޑި އިތުރު ދީންތައްފެތުރިގެން ހިނގައިދާނޭ ކަމެއް ކަމަށް ވެސް ވިދާޅުވެފައިވެއެވެ. މިހެން މިކަންވެއްޖެނަމަ އެބައިމީހުންގެ އަތަށް ބާރުވެރިކަންލިބި މުސްލިމުންނަށް އަނިޔާލިބި ނިކަމެތިވެ އަޅުވެތިވާ ހިސާބަށް ކަން ކަން ހިނގައިދާނޭ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވައިފައެވެ. އެހެން ވެއްޖެ ޙާލަތެއްގައި "ތިޔަ އިމާމުން މިއަދުގެ ޚުތުބާގައި ވިދާޅުވި ފަދައިން الله ގެ ޙަޟުރަތުގައި ދޭނީ ކޮން ޖަވާބެއްތޯއެވެ. އެކަމުގެ ސަބަބުން އަތުވެދާނެ އުޤޫބާތަކަށް އެންމެ ބޮޑަށް ބިރުވެތިވެ ވަޑައިގަންނަވަން ވާނީ ތިޔަ އިމާމުން ނޫންތޯއެވެ."

މިއަދުގެ ހުކުރު ޚުތުބާއާ ބެހޭގޮތުން ޝައިޚް އިމްރާން ވިދާޅުވެފައިވަނީ އެބޭފުޅުން މިއަދު އަދާކުރެއްވީ ވަރަށްބޮޑު ދީނީ ވާޖިބެއް ކަމަށެވެ. "މިއަދުގެ ހުކުރު ޚުޠުބާ ވިދާޅުވުމަށް މެންބަރަށް އަރާވަޑައިގެންނެވި އެންމެހާ ލޮބުވެތި އިމާމުން،ޝައިޚުން،އިލްމުވެރިން، ތިޔަ ބޭފުޅުން ތިޔަ އަދާކުރެއްވީ ވަރަށްބޮޑު ދީނީ ވާޖިބެއް. ތިޔަ އުފުއްލެވީ ވަރަށް ބޮޑު އަމާނާތެއް. ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވަނީ ވަރަށްބިޔަ ޒިންމާއެއް. އެޒިންމާ ޙައްގު ގޮތުގައި އަދާ ކުރެއްވުމަކީ ތިޔަބޭފުޅުން ދީނީ ވާޖިބެއް،" އިމްރާން ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު