ދިވެހި|English 2 ނޮވެމްބަރު 2026 · 03:49
Top banner
Advertisement
ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ މަގުތައް ފުރާލަންޖެހޭނޭ: ފައްޔާޒު
ޚަބަރު

ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ މަގުތައް ފުރާލަންޖެހޭނޭ: ފައްޔާޒު

މިކަމުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވައިލުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް މީހުން އަންނަންޖެހޭ

މމުހައްމަދު އަލީ1 ނޮވެމްބަރު 2026

ރަސްމާލެއިން ފަސް ސަތޭކަ ހެކްޓަރު ބިން ޔޫއޭއީގެ އީގަލް ހިލްސްއަށް ދިނުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގައިފިނަމަ އިހްތިޖާޖު ކުރުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ގޮވާލައިފިއެވެ.

މިރޭ އެމްޑީޕީން ބޭއްވި ޤައުމީމަޖިލީހުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ ރަސްމާލެ ބޭރުބަޔަކަށް ދިނުމުގައި ރައްޔިތުން ދެކޭގޮތް ބަލަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އެކަން ނުކޮށްފިނަމަ މަގުތައް ފުރާލުމަށް ގޮވައި ލެއްވިއެވެ.

މިރޭގެ ޖަލްސާއަށް ކޮލަމާފުށީ ދާއިރާގެ ރައީސް މަހުފޫޒު ސައީދު ހުށަހަޅުއްވައި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ދާއިދު ކުރެއްވި ޤަރާރަށް ބަހުސް ކުރައްވަމުން ފައްޔާޒު ވިދާޅުވީ އެ ޤަރާރަށް ތާއިދު ކުރައްވާ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލާނީ މިޤަރާރަށް އަޅުގަނޑު ތާއިދުކުރަން. މިމަހުގެ ފަނަރައާ ހިސާބަށްދާއިރު ރިފަރެންޑަމް ނުބާއްވާ ކަމަށްވާނަމަ އަޅުގަނޑު ހަމަ މިކަމާގެން އުޅޭ ބޭފުޅުންނަށް ދައްނަވާލަން ސަތާރާ ނޮވެމްބަރާ ހިސާބަށް ކޮންމެ ރެއަކު އެމީހަކު ހުރި ތާކުން މަގުތައް ފުރާލަން. އަޅުގަނޑުމެން މިކަމާ އިހުތިޖާޖު ކުރަންޖެހޭނެ،" އޭނާ ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ މިކަމުގައި ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ސަރުކާރަށް ގޮވައިލުމަށްޓަކައި ރާއްޖޭގެ އެކިކަންކޮޅުތަކުން މާލެއަށް މީހުން އަންނަންޖެހޭ ކަމަށެވެ.

މި މައްސަލާގައި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މި ޖަލްސާގައި ވިދާޅުވީ ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލޭގެ މުޅި މަޝްރޫޢަކީ ވެސް އޮޅުވާލުމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. "ފުރަތަމަ ފުށިދިއްގަރުފަޅު، އެތަނުގެ ނަންވެސް އޮޅުވާލީ. އެތަނަށް ފައިސާ ޚަރަދު ކުރަމުންދިޔަ ގޮސްވެސް އޮޅުވާލާފައި އޮތީ. ބަޖެޓު ފާސްކުރިއިރު ބަޖެޓުގައިނެތް ޚަރަދުތަކެއް އޮޅުވާލުމުގެ ތެރެއިން ޚަރަދުކުރަމުން ގޮސް އަށްސަތޭކަ މިލިއަންޑޮލަރާ ހަމައަށް ރައްޔިތުންގެ ފައިސާ ހުރީ އެތަނަށް އަޅާލައިފައި،" ޝާހިދު ވިދާޅުވިއެވެ.

 

ގުޅުންހުރި ޚަބަރު