ދިވެހި|English 3 ނޮވެމްބަރު 2026 · 21:46
Top banner
Advertisement
މިނިވަންކަމަށްޓަކައި ސިފައިން ކުރެއްވި ޖިހާދަކީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް
ޚަބަރު

މިނިވަންކަމަށްޓަކައި ސިފައިން ކުރެއްވި ޖިހާދަކީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް: ރައީސް

ރައީސް ވަނީ ނަސްރުގެ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައި

ހިރި ނިއުސްހިރި ނިއުސް3 ނޮވެމްބަރު 2026

ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިން ކުރެއްވި މަތިވެރި ޖިހާދަކީ އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ދިވެހި ސިފައިންނާއި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ފޮނުއްވުމުގެ ގޮތުން ކުރެއްވވި ޕޯސްޓެއްގައި ރައީސް ވިދާޅުވެފައިވަނީ މި ލޮބުވެތި ޤައުމުގެ ދިފާއުގައި ޝަހީދުވެގެންދިޔަ އަބްޠާލުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދިވަޑައިގެން ދުޢާ ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މި ދިވެހި ފަސްގަނޑު މިނިވަންކަން މަތީ ދެމިއޮތުމުގައި ދިވެހި ސިފައިންގެ ހިތްވަރާއި ކުރެއްވި މަތިވެރި ޖިހާދަކީ އެއިން އިބުރަތް ލިބިގަންނަންޖެހޭ ފިލާވަޅުތަކެއް،" ރައީސް ވިދާޅުވެފައިވެއެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ވަނީ ދުވަހާ ގުޅޭ ޅެންބައިތެއް ވެސް ހިމަނުއްވާފައެވެ. "ކިޔާ ދޫތަކުން މީ ޝުކުރުވެރި ތަރާނާ ޝަހީދުންގެ ޒިކުރާގެ މަތިވެރި ފަސާނާ ހިޔާ ފެތުރުވީ ރީތި މިނިވަން އަމާނާ ފިދާކޮށް މި ވަޠަނަށްޓަކާ ރޫޙު ޖާނާ،"

ގުޅުންހުރި ޚަބަރު