ދިވެހި|English 3 ނޮވެމްބަރު 2026 · 21:47
Top banner
Advertisement
މިއަހަރުގެ ނަސްރުގެ ދުވަސް މިއައީ ގައުމު ބައެއްގެ އަތްދަށުވެފައި ވަނިކޮށް: ފައްޔާޒު
ޚަބަރު

މިއަހަރުގެ ނަސްރުގެ ދުވަސް މިއައީ ގައުމު ބައެއްގެ އަތްދަށުވެފައި ވަނިކޮށް: ފައްޔާޒު

"ގައުމު މިވަނީ މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެފައި"

މމުހައްމަދު އަލީ3 ނޮވެމްބަރު 2026

މި އަހަރުގެ ނަސްރުގެ ދުވަސް ފާހަގަކުރަމުން މިދަނީ ހައްސާސް ދަނޑިވަޅެއްގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށްޓަކައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވެފައިވަނީ "ގައުމުގެ ސިޔާދަތާއި މިނިވަންކަން ދިފާއުކުރުމުގެ ނަމުގައި ވެރިކަމަށް އައި ބައެއްގެ އަތްދަށުވެ މި ގައުމުގެ މުސްތަގުބަލާ މެދު މިއަދު މިވަނީ ސުވާލު އުފެދިފައި،" ކަމަށެވެ.

"މި ދަނޑިވަޅުގައި މި އާކުރަނީ ދިވެހި ފަސްގަނޑުގެ ދިފާއުގައި 1988 ވަނަ އަހަރު ހިތްވަރާއެކު ނުކުމެވަޑައިގެންނެވި ބަތަލުން ކުރެއްވި މަތިވެރި ޖިހާދުގެ ޒިކުރާ. މި ގައުމުގެ މިނިވަންކަމަށްޓަކައި ޝަހީދުވި އެންމެންގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރައްވާށި،" އޭނާ ވިދާޅުވެފައިވެއެވެ.

 

ގުޅުންހުރި ޚަބަރު