އެމްޑީޕީ ގައުމީ މަޖިލިސް އިންތިހާބުގައި ގދ އަތޮޅު މެންބަރުކަމަށް މިހާރު ވާދަކުރަމުންދާ ގދ. ފަރެސްމާތޮޑާދާއިރާގެ ރައީސް އަޙްމަދު ޒައީމް ގައުމީ މަޖިލީސް އިންތިޚާބުގައި ވާދަނުކުރަން ނިންމައިފިއެވެ. ފޭސްބުކު ޕޭޖުގައި އޭނާ ވިދާޅުވެފައިވަނީ "އަޅުގަނޑުގެ ކެންޑިޑެސީ އަނބުރާ ގެނެސްފިމެވެ."
"މިގޮތަށް އަޅުގަނޑު ނިންމީ އެމްޑީޕީ ކޮންގްރެސް އިން ފާސްކޮށްފައިވާ ބޮޑުބަދަލަށް ތާއިދުކޮށް ބޮޑު ބަދަލު ޓީމަށް 02 ކެންޑިޑޭޓުން ހަމަކުރުމަށްޓަކައި އެހެންބޭފުޅަކަށް ފުރުސަތު ފަހިކޮށްދިނުމަށްޓަކައެވެ." އޭނާ ވިދާޅުވެފައިވެއެވެ.
އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީގެ ގދ. އަތޮޅު ދާއިރާގެ ގައުމީ މަޖިލިސް މެންބަރުކަމަށް ވާދަކުރުމަށް އޭނާއަށް ތާއިދު ކުރެއްވި އެންމެހާ ފަރާތްތަކަށާއި، ވޯޓުދެއްވާނެ ކަމަށް ވިދާޅުވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.





