ދިވެހި|English 23 ނޮވެމްބަރު 2026 · 18:23
Top banner
Advertisement
އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ވެއްޓި ބައެއް މީހުނަށް އަނިޔާ ވެއްޖެ
ޚަބަރު

އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ވެއްޓި ބައެއް މީހުނަށް އަނިޔާ ވެއްޖެ

މިހާދިސާ ހިނގަން މެދުވެރިވި ސަބައެއް އަދި އެނގިފައެއްނުވޭ.

މމުހައްމަދު އަލީ23 ނޮވެމްބަރު 2026

އައިޖީއެމްއެޗު ކުރިމަތީ ހަދަމުންދާ އިމާރާތެއްގައި ޖަހާފައިވާ ސޭފްޓީ ވެއްޓި ބައެއް މީހުނަށް ކުދިކުދި އަނިޔާ ވެއްޖެއެވެ.

ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން އެސަރަހައްދުގައި ޕާކުކޮށްފައިވާ ބައެއް އުޅަނދު ފަހަރަށް ވެސް ގެއްލުންވެފައިވާ ކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.

މިހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 17:06 އެހައިކަންހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ދަނީ ބަލަމުންނެވެ.

ގުޅުންހުރި ޚަބަރު