ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު
ޚަބަރު

ޝާދިޔާ ބަންދުކުރީ ގާނޫނާ ހިލާފަށް: ހައިކޯޓު

އއަހުމަދު މުހައްމަދު9 އޮކްޓޯބަރު 2024
ރާއްޖޭގައިހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުދަނގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ ބަންދުކުރީ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) އެވެ. އެ ދެ މީހުން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބެއިތިއްބުމަށްފަހު އެމްބަސީތައް ކައިރިއަށް އެއްނުނާން ޝަރުތުކޮށް ދޫކޮށްލީ، މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެކަމާ ގުޅިގެން، ފުލުހުން އެމީހުން ހައްޔަރު ކޮށްފައިވަނީ ގާނޫނާހިލާފަށްކަމަށްބުނެ، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު ހައިކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ މައްސަލައިގައި ޝާދިޔާ ބަންދުކުރީ މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެފައިވީ ނަމަވެސް، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން ސާފުނުވާ ކަމަށެވެ. ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ. އެހެންކަމުން ޝާދިޔާ ބަންދުކުރަން ކުރިމިނަލްކޯޓުން ކުރި އަމުރު ބާތިލް ކަމަށް، ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނިވަޑައިގަންނަވާ ބެންޗުގެ އިއްތިފާގުން ހުކުމް ކުރެއްވިއެވެ.  މި މައްސަލަ ހައިކޯޓުން ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާއެވެ.

ގުޅުންހުރި ޚަބަރު