ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އަނިޔާތަކާއެކު މަގުމަތީގައި އޮތް މީހަކު ފުލުހުން ނަގައިފި
ޚަބަރު

އަނިޔާތަކާއެކު މަގުމަތީގައި އޮތް މީހަކު ފުލުހުން ނަގައިފި

އއަހުމަދު މުހައްމަދު10 އޮކްޓޯބަރު 2024
އަނިޔާތަކަކާއެކު އޮތް މީހަކު މާލޭ މަގުމަތިން ފެނިއްޖެ އެވެ. ފުލުހުން މިއަދު ބުނި ގޮތުގައި މަޖީދީމަގު "ސޮރީ ބޯއިސް" ފިހާރަ ކުރިމަތީގައި އަނިޔާތަކެއް ލިބިފައި އޮތް ފިރިހެނަކު އޮތް ކަމުގެ ރިޕޯޓް ލިބުނީ ރޭ 1:25 ހާއިރު އެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިން ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށްފަހު އެ މީހާ މިއަދު ހެނދުނު 6:19 ހާއިރު ވަނީ ދޫކޮށްލާފަ އެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ މީހާއަށް ލިބުނު އަނިޔާގެ ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ގުޅުންހުރި ޚަބަރު