ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލައެއް ބަލަން ފަށައިފި
ޚަބަރު

ކުޑަކުއްޖަކު ނުރައްކަލަކަށް ހުށަހެޅި މައްސަލައެއް ބަލަން ފަށައިފި

އއަހުމަދު މުހައްމަދު12 އޮކްޓޯބަރު 2024
ކުޑަކުއްޖަކު އަތަށް ސައިކަލުގެ ކޮންޓްރޯލް ދީގެން ދުއްވި މައްސަލައެއް ބަލަން ފުލުހުން ފަށައިފިއެވެ. ބްރިޖުހައިވޭގައި ކުޑަކުޖެއްގެ އަތަށް ސައިކަލް ހުންގާނު ދީގެން މީހަކު ދުއްވާފައިދާ ވީޑިއޯއެއް ސޯޝަލްމީޑިއާއިން ފުލުހުންނަށް ފެނިގެން އެމީހާ ހޯދައި މިހާރުވަނީ ފުލުހަށް ހާޒިރު ކޮށްފައެވެ. "މިމައްސަލާގައި ހިމެނޭ މީހާ ހާޒިރުކޮށް މިއަދުވަނީ ސުވާލުކޮށްފައި. އަދި އޭނާ ގަސްތުގައި ކުޑަކުއްޖަކު ނުރައްކަލަށް ހުށަހެޅި މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން،" ފުލުހުން ވިދާޅުވިއެވެ. މީގެ އިތުރުން އޭނާ ޓްރެފިކް ގާނޫނާ ޚިލާފުވި މައްސަލާގައި ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަނަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުންވަނީ ވިދާޅުވެފައެވެ. މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމުގެ ޔަގީންކަންދޭ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު