ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސް ފަށައިފި
ޚަބަރު

ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސް ފަށައިފި

އއަހުމަދު މުހައްމަދު12 އޮކްޓޯބަރު 2024
ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސް މިއަދު ފަށައިފިއެވެ. "ލާމަރުކަޒީ ގުޅުން-ކައުންސިލަރުންގެ ކޮންފަރެންސް" ފަށައިފައިވަނީ ކުޅުދުއްފުށި ސިޓީގައެވެ، މި ކޮންފަރެންސްގައި އުތުރުގެ ތިން އަތޮޅުގެ ރަށްތަކުގައި މަސައްކަތްކުރާ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވައެވެ. އޭގެ އިތުރުން ޑަބްލިއުޑީސީ މެމްބަރުންނާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ބޮޑު ތިލަދުންމައްޗަށް ނިސްބަތްވެވަޑައިގަންނަވާ 55 ކައުންސިލަރުން ހިމެނިވަޑައިގަންވައެވެ. އޭގެއިތުރުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވައެވެ. ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީން ބާއްވާ ކޮންފަރެންސް: ފޮޓޯ/އެމްޑީޕީ މި ކޮންފަރެންސްގައި އެމްޑީޕީގެ ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުމަށް ގާނޫނަށް ގެނައި ހެޔޮ ބަދަލުތަކާއި މި ސަރުކާރުން ގެންނަން ރާވާފައި ހުރި ބަދަލުތަކާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ވަނީ ހަމަޖެހިފައި ކަމަށް އެމްޑީޕީން ވަނީ މައުލޫމާތު ދެއްވައިފައެވެ. އޭގެ އިތުރުން ކައުންސިލްތަކުގެ އިދާރީ ހިންގުމާއި މާލީ ހިންގުންތެރިކަން ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ކައުންސިލަރުންގެ ކޮންފަރެންސްގައި ޕާޓީގެ އެޑްވައިޒަރ ރައީސް އިބްރާހިމް މުހައްމަދު ސާލިހު، ޗެއަރޕަރސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ރައީސް އަބްދުالله ޝާހިދު، ކުރީގެ ވީޕީ ފައިސަލް ނަސީމް އަދި އެހެން ބޭފުޅުން ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ކޮންފަރެންސްގައި ބައިވެރިވާ ހުރިހާ ކައުންސިލަރުން ހާއްސަ އިގުރާރެއްގައި ސޮއިކުރުމަށް ފަހު އެއިގުރާރު އާންމު ކުރުމަށް ވެސް ވަނީ ހަމަޖެހި ކަމަށް ޕާޓީން މައުލޫމާތު ދެއްވާފައިވެއެވެ. އެއީ ކޮންކަހަލަ އިގްރާރެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ. މީގެ އިތުރުން އިސްލާހު ކުރަން ޖެހޭ ކަންކަން ފާހަގަކޮށް އެ ކަންކަން ކުރުމަށް ސަރުކާރަށް ކައުންސިލަރުންގެ ފަރާތުން ގޮވާލައްވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ގުޅުންހުރި ޚަބަރު