ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
އައްނަބީލާ ޚަދީޖާ އިބްރާހީމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
ޚަބަރު

އައްނަބީލާ ޚަދީޖާ އިބްރާހީމްގެ އާއިލާއަށް ރައީސްގެ ތައުޒިޔާ

އއަހުމަދު މުހައްމަދު12 އޮކްޓޯބަރު 2024
އައްނަބީލާ ޚަދީޖާ އިބްރާހީމް ދީދީ އަވަހާރަވުމުގެ ހިތާމައިގާ ބައިވެރިވެ، މަރުޙޫމާގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ރައީސް އެއާއިލާއަށް ތައުޒިޔާ ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ޚަދީޖާ އިބްރާހީމަކީ ސުމުއްވުލް އަމީރު އަލްމަރުޙޫމް އިބްރާހީމް ފާމުދޭރި ކިލެގެފާނުގެ ދަރިކަނބަލެކެވެ. އެކަމަނާ ވަނީ ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއާއި، އަންހެނުންނަށް ކުރިއެރުމާއި ފުރުޞަތުތައް ފަހިކޮށްދިނުމުގެ ދާއިރާއާއި، ޚާރިޖީ ގުޅުންތަކުގެ ދާއިރާގައިވެސް ސަރުކާރަށް ޚިދުމަތް ކުރައްވާފައި ކަމަށް ރައީސްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. "މާތްﷲގެ ރުއްސެވުމާއި ފުއްސެވުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމާ ޚަދީޖާ އިބްރާހީމް ދީދީ ލަހައްޓަވާށިއެވެ. އާމީން،" ރައީސް ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު