ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ސިޓީ ކައުންސިލުގެ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭ: މޭޔަރ އާޒިމް
ޚަބަރު

ސިޓީ ކައުންސިލުގެ މަސައްކަތަށް ސަރުކާރުން އެއްބާރުލުން ދޭ: މޭޔަރ އާޒިމް

އއިބްރާހީމްް ސަމީރު13 އޮކްޓޯބަރު 2024
މާލޭސިޓީ ކައުންސިލަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކޮންސަލްޓެންޓުން ނެގިކަމަށް، މޭޔަރު އާދަމް އާޒިމު ވިދާޅުވުމާ ގުޅިގެން އެވާހަކަތައް ސެންސަރު ކުރުމަށް އެމްޑީޕީގެ ޗެއަރޕާސަން އެދިވަޑައިގެންފިއެވެ. އާޒިމު ވަނީ، މާލޭ ސިޓީ ކައުންސިލްގެ މޭޔަރުގެ ޙައިސިއްޔަތުން އޭނާގެ މަސައްކަތަށް ސަރުކާރުގެ ފަރާތުން ލިބެމުންދާ އެއްބާރު ލުން ފާހަގަ ކުރައްވާފައެވެ. ޢާޒިމް ވިދާޅުވީ އޭނާ ބޭނުންފުޅުވާ ގޮތަށް މުވައްޒަފުން ނެގުމުގައިވެސް ސަރުކާރުން އޭނާއަށް ހުރަހެއް ކުރިމަތި ނުކުރައްވާ ކަމަށެވެ. އެކަމުގެ ތަފްޞީލު ދެއްވަމުން މޭޔަރު އާޒިމް ވިދާޅުވީ އޭނާ ބޭނުންފުޅުވި ޢަދަދަށް 15 ކޮންސަލްޓެންޓުން ނަގާފައިވާ ކަމަށެވެ. "އެވެސް އެމްޑީޕީގެ މެމްބަރުން" އާޒިމް އިތުރަށް ވިދާޅުވިއެވެ. އާޒިމްގެ ވާހަކަފުޅު ނިމުމާއެކު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްލާޢީލު ވަނީ ޓުއީޓު ކުރާއިރު، އެމްޑީޕީއަށް ނިސްބަތްވާ ކޮންސަލްޓެންޓުން ނެގިކަމަށް މޭޔަރު ވިދާޅުވި ވާހަކަ ސެންސަރު ކުރުމަށް އަންގަވާފައެވެ. މޭޔަރު ވަނީ އޭނާގެ މޭޔަރުކަމުގައި މިވީ ކުރު މުއްދަތުގެ ތެރޭގައި ކޮށްފައިވާ ނޫނީ ކުރެވެމުންދާ، މުހިންމު ކަންތައްތަކުގެ ވާހަކަތައްވެސް ވިދާޅުވެ ދެއްވާފައެވެ.

ގުޅުންހުރި ޚަބަރު