ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
އީސީގެ މެންބަރުކަމަށް، ހަސީބު އައްޔަން ކުރަން ފޮނުވައިފި
ޚަބަރު

އީސީގެ މެންބަރުކަމަށް، ހަސީބު އައްޔަން ކުރަން ފޮނުވައިފި

އއަހުމަދު މުހައްމަދު14 އޮކްޓޯބަރު 2024
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގައި ހުންނެވި ފުއާދު ތައުފީގުގެ މެންބަރު ކަމުގެ މުއްދަތު ހަމަވާތީ، ފުއާދުގެ ބަދަލުގައި އީސީގެ މެންބަރުކަމަށް އަބްދުލް ހަސީބް އިސްމާއީލް އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވައިފިއެވެ. އީސީގެ ރައީސް ފުވާދު ތައުފީގުގެ ދައުރު ހަމަވާނީ އަންނަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހަށެވެ. އެ ކޮމިޝަންގެ މެންބަރަކަށް ބޭފުޅަކު އައްޔަން ކުރައްވާނީ އެކަމަށް އެދި ހުށައަޅާ މީހުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަން މަޖިލީހުން ފާސްކުރެއްވުމަށްފަހުއެވެ. އީސީގެ މެންބަރަކަށްވުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިދިޔަ މަހުގެ 12ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލިއެވެ. އެ ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވައިގެން ހަސީބުގެ ނަން މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 25ވަނަ ދުވަހުއެވެ. ހަސީބުގެ ނަން މަޖިލިސް ތަޅުމަށް އިއްވުމުން އެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ. އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމު މިހާރު އަދާކުރައްވަމުން ގެންދަވާ ހަސީބު ވަނީ މީގެ ކުރިން މާލީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ އިސް މަގާމުތަކެއްވެސް ފުރުއްވައިފައެވެ.

ގުޅުންހުރި ޚަބަރު