ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ސްނޯކްލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކު މަރުވެއްޖެ
ޚަބަރު

ސްނޯކްލިންއަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކު މަރުވެއްޖެ

އއަހުމަދު މުހައްމަދު14 އޮކްޓޯބަރު 2024
އއ. ގަންގެހި ރިސޯޓުގެ ބޭރަށް ސްނޯކްލިންނަށް ގޮސް އުޅުނު ޗައިނާގެ ފަތުރުވެރިއެކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގެ މައުލޫމާތު ފުލުހަށް ލިބިފައިވަނީ އޮކްޓޯބަރ ތޭރަވަނަ ދުވަހުގެ އެގާރަގަޑި ބާވީސް އެހައިކަންހާއިރުއެވެ. އޭނާ މޫދުން ނަގައިގެން ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މިމީހާއަކީ އއ. ރަސްދޫ ގެސްޓުހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ މީހެއް ކަމަށެވެ. އޭނާގެ އުމުރަކީ ހަތާވީސް އަހަރެވެ. ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.  

ގުޅުންހުރި ޚަބަރު