ދިވެހި|English 10 ޖުލައި 2026 · 00:41
Top banner
Advertisement
ސިގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރަން ރައީސް ނިންމަވައިފި
ޚަބަރު

ސިގިރޭޓާއި ބިޑިން ނަގާ ޓެކުހާއި ޑިއުޓީ ބޮޑުކުރަން ރައީސް ނިންމަވައިފި

އއަހުމަދު މުހައްމަދު15 އޮކްޓޯބަރު 2024
މި ފިޔަވަޅުތައް އެޅުއްވުމަށް ނިންމަވާފައިވާކަން އެމަނިކުފާނު ހާމަ ކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން އެމަނިކުފާނު އަޅުއްވަން ނިންމަވާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ސިގިރެޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވެލޮރަމް އަންނަ ނޮވެމްބަރުމަހުގެ އެކަކުން ފެށިގެން ބޮޑުކުރުމަށް ގާނޫނަށް އިސްލާޙު ގެނައުމަށް މި ހަފްތާގައި މަޖިލީހަށް ފޮނުވުމަށް ވާނީ ނިންމަވައިފައެވެ. ގެންނަން ހުށަހަޅުއްވާ ބަދަލުތައް:
  1. އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 24 ގެ ދަށުން ސިގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް 3 ރުފިޔާއިން 8 ރުފިޔާއަށް މަތިކުރުން.
  2. މިމުދަލުން ނެގޭ އެޑްވެލޮރަމް ރޭޓް 50 އިން ސައްތަ މަތިކުރުން.
މީގެ އިތުރުން އާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވާފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ފަންނީ ގޮތުން ބަލައިގަންނަ، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ނިންމަވާފައވާ ކަމަށްވެސް ވިދާޅުވިއެވެ. "ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އަޅުގަނޑު އެދެން،" ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ޚަބަރު