ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ވޭޕް ވިއްކާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް
ޚަބަރު

ވޭޕް ވިއްކާ ފަރާތްތަކަށް ބޮޑު ޖޫރިމަނާއެއް

އއަހުމަދު މުހައްމަދު15 އޮކްޓޯބަރު 2024
ވޭޕް މަނާ ކުރުމަށްފަހު، ވޭޕްގެ ސާމާނު ރާއްޖެއަށް އެތެރެކޮށް، ވިއްކާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ގާނޫނޫ އިސްލާހު ކުރަން ނިންމައިފިއެވެ. ‏ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން ނޮވެމްބަރު 15، 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ނިންމަވައިފައެވެ. އެ ނިންމެވުމާ ގުޅިގެން ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި އެޓާނީ ޖެނެރަލް އޮފީހުން، ޑްރާފްޓް ކުރަމުންދާ ބިލްގައި، ވަނީ ވޭޕް ބޭނުންކޮށްފި މީހަކު 5,000 ރުފިޔާއިން ޖޫރިމަނާކުރަން ހިމަނައިފައެވެ. އަދި ވޭޕް ވިއްކައިފި މީހަކު، ނުވަތަ ހިލޭ ބަހައިފި މީހަކު، ވިއްކި ނުވަތަ ހިލޭ ބެހި ކޮންމެ ސްޓިކެއް ނުވަތަ އައިޓަމަކަށް 20,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހިމަނައިފައެވެ. އޭގެ އިތުރުން ވޭޕް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އޭގެ ބައިބައި ކުޑަކުދިންނަށް ވިއްކި ނުވަތަ ދިން މީހަކު 50,000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ހިމަނައިފައެވެ.

ގުޅުންހުރި ޚަބަރު