ދިވެހި|English 9 ޖުލައި 2026 · 04:27
Top banner
Advertisement
ވޭޕް މަނާކުރުން: މޯލްޑިވިއަން ހެލްތުވަރކާސް ޔުނިއަނުންގެ ތައުރީފް ރައީސަށް
ޚަބަރު

ވޭޕް މަނާކުރުން: މޯލްޑިވިއަން ހެލްތުވަރކާސް ޔުނިއަނުންގެ ތައުރީފް ރައީސަށް

އއަހުމަދު މުހައްމަދު17 އޮކްޓޯބަރު 2024
ދިވެހި ރާއްޖޭގެ ރައްޔިތުން، " ވޭޕް" ކުރުމުގެ ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިންމެވީ  މުހިންމު ނިންމެވުމެއް ކަމަށް ވިދާޅުވެ މޯލްޑިވިއަން ހެލްތްވަރކާސް ޔުނިއަނުން އެކަން ބަލައިގަނެ ރައީސަށް ތައުރިފް ކުރައްވައިފިއެވެ. އެ ޔޫނިއަނުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޑރ.މުހައްމަދު މުޢިއްޒު ނިންމެވި މި މުހިންމު ނިންމެވުމަކީ، "ވޭޕް" ކުރުމުގެ ސަބަބުން އިންސާނުންނަށް ދިމާވާ ނުރައްކާތެރި އެތައް ބަލިތަކަކުން ދިވެހި މުޖުތަމަޢު ރައްކާތެރިކޮށް، ސަލާމަތްކުރުމަށާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް އެޅުއްވި ވަރަށް ހަރުދަނާ ވަރަށް ހިތްވަރުގަދަ ފިޔަވަޅެއް ކަމަށެވެ. "ފިޔަވަހި ތަކަކަށް ބަހާލައިގެން "ވޭޕް" ހުއްޓުވުމަށް ހަދާ ޤަވާޢިދުތަކާއި އުޞޫލުތަކަށް އިޙްތިރާމްކުރުމަށާއި އެކަންކަމަށް ކިޔަމަންނުވާ ފަރާތްތަކަށް އަޅަންޖެހޭ ފިޔަވަޅު ތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް ކަމާބޭ އެންމެހާ ފަރާތްކަށް، މޯލްޑިވިއަން ހެލްތްވަރކާސް ޔުނިއަނުން ގޮވާލަމެވެ." އެ ޔޫނިއަނުން ބުނެފައިވަނީ މިކަމާގުޅިގެން ކުރަންޖެހޭ އެންމެހާކަންކަމުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއެކުގައި އަބްދުވެސް ތިބޭނޭ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. "ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް" އެމަނިކުފާނު އަންގަވާފައެވެ.

ގުޅުންހުރި ޚަބަރު