ދިވެހި|English 9 ޖުލައި 2026 · 04:26
Top banner
Advertisement
ރާއްޖެއަށް އެތެރެކުރި ދެ މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ޚަބަރު

ރާއްޖެއަށް އެތެރެކުރި ދެ މިލިޔަން ރުފިޔާގެ ޑްރަގް އަތުލައިގެންފި

އއަހުމަދު މުހައްމަދު19 އޮކްޓޯބަރު 2024
ވައިގެ މަގުން ރާއްޖެއަށް އެތެރެކުން އުޅުނު މަސްތުވާތަކެތި ކަސްޓަމުން އަތުލައިގެންފިއެވެ. މި ތަކެތި އަތުލައިގެންފައިވަނީ އިންޑިއާ ދެމީހެއްގެ އަތުންނެވެ. އެމީހުން އެ އެތެރެކުރަން އުޅުނީ ލަގެޖުގައި ރައްކާކޮށްގެން ކަމަށް ކަސްޓަމްސްއިން މައުލޫމާތު ދެއްވިއެވެ. ކަސްޓްމްސް އިން ބުނީ މިތަކެތި އަތުލައިގަތީ، މިމަހުގެ 14 ވަނދުވަހު، މެލޭޝިއާއިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރުން ކަމަށްވާ (އުމުރުން 41 އަހަރުގެ ފިރިހެނަކާއި، އުމުރުން 38 އަހަރުގެ އަންހެނެއް) ގެ އަތުން ކަމަށެވެ. މަސްތުވާތަކެއްޗަށް ޝައްކުކުރެވިގެން، މިދެފަސިންޖަރުންގެ ލަގެޖް ބަލައި ފާސްކުރުމުގެ ތެރޭގައި މި ދެފަސިންޖަރުގެ ލަގެޖުން ފެނުނު އެ ތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ. މިތަކެތީގެ ބަރުދަނުގައި ޕެކިންއާއި އެކު ޖުމްލަ 2.05 ކިލޯ ހުއްޓެވެ. މިތަކެތީގެ މަގުމަތީ އަގަކީ 2,050,000.00 (ދެ މިލިއަން ފަންސާސް ހާސް) ދިވެހި ރުފިޔާކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް ބުންޏެވެ. މި މައްސަލަ އިތުރަށް ތަހްގީގުކުރުމަށްޓަކައި، މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ދެފަސިންޖަރުން މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ގަވާލުކޮށްފައި ކަމަށްވެސް ކަސްޓަމްސް އިން ބުންޏެވެ.

ގުޅުންހުރި ޚަބަރު