ދިވެހި|English 9 ޖުލައި 2026 · 05:14
Top banner
Advertisement
ނަޑައްލާގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކު މާލެ ގެނެސްފި
ޚަބަރު

ނަޑައްލާގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކު މާލެ ގެނެސްފި

މމުހައްމަދު އަލީ20 އޮކްޓޯބަރު 2024
ގދ. ނަޑައްލާގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ބޮޑަށް އަނިޔާވި ދެމީހަކު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. ފުލުހުން ވިދާޅުވީ މި އެކްސިޑެންޓު ހިނގާފައިވަނީ ރޭގެ ވަގުތެއްގައި އެރަށު ޖެޓީ މަގުގައި އެވެ. އެކްސިޑެންޓު ހިނގީ ޖެޓީ މަގުން ބާރުސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލްނުވެ ގޮސް މަޑުކޮށްފައި އޮތް ރަށުޕިކަޕެއް ކައިރީގައިހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ ރޭ 12:05 އެހައިކަންހާއިރު ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. މި އެކްސިޑެންޓު ހިނގި އިރު ސައިކަލްގައި ދެ މީހަކު ތިއްބެވެ. ދެމީހުންނަކީ ވެސް އަށާރަ އަހަރުގެ ދެމީހެކެވެ. އޭގެ ތެރެއިން ދުއްވަން އިން މީހާ އަތަކު ލައިސަންސެއް ނެތް ކަމަށް ފުލުހުން ވިދާޅުވިއެވެ. އެކްސިޑެންޓުގައި އެ ދެމީހުންނަށާއި ޕިކަޕްކައިރީގައި ހުރި 47 އަހަރުގެ މީހާއަށް އަނިޔާވެގެން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ. މީގެ މިއަދު މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ގެންދަނީ ސައިކަލް ދުއްވި މީހާ އާއި ޕިކަޕް ކައިރީގައިހުރި މީހާ އަށެވެ. މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ޚަބަރު