ދިވެހި|English 9 ޖުލައި 2026 · 04:25
Top banner
Advertisement
ރައީސްގެ ހުއްދައާ ނުލައި ޓޫރިޒަމަށް ތަންތަން ނުދެވޭގޮތް ހަދަނީ
ޚަބަރު

ރައީސްގެ ހުއްދައާ ނުލައި ޓޫރިޒަމަށް ތަންތަން ނުދެވޭގޮތް ހަދަނީ

އއަހުމަދު މުހައްމަދު20 އޮކްޓޯބަރު 2024
ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާނުލައި، ޓޫރިޒަމަށް ތަންތަން ނުދެވޭގޮތަށް ގާނޫނުބަދަލުކުރަން ހުށަހަޅައިފިއެވެ. އެގޮތަށް ގާނޫނު ބަދަލު ކުރަން ހުށަހަޅާފައި ވަނީ، މިދިޔަ ހޯމަ ދުވަހު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައެވެ. މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައިވަނީ، ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމާގުޅޭ އުސޫލަށް ބައެއް ބަދަލު ގެނައުމެވެ. ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދެވަނަ ނަމްބަރު  އުނިކުރަން ބިލުގައި ހުށަހަޅާފައިވާއިރު، އެ ނަމްބަރުގައި ބުނަނީ ރަށެއް، ނުވަތަ ބިމެއް، ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދަންވާނެ ކަމަށެވެ. ގާނޫނުގެ ފަސްވަނަ މާއްދާގެ (ޅ) ގައި ބުނަނީ މި މާއްދާގެ ދަށުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާ ރަށްރަށާއި، ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންގެ މަޝްވަރާއާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި އާއްމު ކުރަންވާނެ ކަމަށެވެ. އަދި ލިސްޓަށް އުނި އިތުރު ގެންނަން ބޭނުންވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާއެކު އެލިސްޓަށް އުނި އިތުރު ގެނައުމުގެ އިހްތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާކަމަށްވެސް ބުނެފައިވެއެވެ. މި މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ހުރިހާތަނެއް، ރައީސުލްޖުމްހޫރިއްޔާއަށް ބަދަލު ކުރަން ހުށަހަޅައިފައެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާ ރަށްރަށާއި، ބިންބިމާއި ފަޅުތަކުގެ އަދަދާއި، އެތަންތަނާބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެމަތިން އާއްމުކުރަންވާނެ ކަމަށް ހިމަނާފައިވާއިރު އެ ލިސްޓަށް އުނި އިތުރު ގެނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ކަަމަށް ވެސް ބުނެފައިވެއެވެ. މި ބިލް މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ވަނީ ފޮނުވައިފައެވެ.

ގުޅުންހުރި ޚަބަރު