ދިވެހި|English 9 ޖުލައި 2026 · 04:24
Top banner
Advertisement
ނޮވެމްބަރު ދިހައެއް ބަންދު
ޚަބަރު

ނޮވެމްބަރު ދިހައެއް ބަންދު

މމުހައްމަދު އަލީ20 އޮކްޓޯބަރު 2024
އަންނަ ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން މިއަދު އާންމުކުރި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ ރައީސް މިގޮތަށް ހަމަޖެއްސެވީ، "ޖުމްހޫރީ ދުވަސް ކަމުގައިވާ، ނޮވެންބަރު މަހުގެ 11ވަނަ ދުވަހަކީ، ޤައުމީ ބަންދު ދުވަހެއް ކަމަށްވުމާއެކު، މި އަހަރު ކަލަންޑަރުގައިވާގޮތުން، ޖުމްހޫރީ ދުވަހުގެ ކުރިއަށް އޮތް ދުވަހަކީ، (2024 ނޮވެންބަރު 10 ވާ އާދީއްތަ ދުވަހަކީ) ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއްނައިސް، މުވައްޒަފުންނަށް ޗުއްޓީލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމަށްޓަކައި" ކަމަށެވެ.  

ގުޅުންހުރި ޚަބަރު