ދިވެހި|English 9 ޖުލައި 2026 · 05:12
Top banner
Advertisement
ފަލަސްތީނަށްދިން ފައިސާއާ ބެހޭގޮތުން ސުވާލުކުރަން މިނިސްޓަރު މަޖިލިހަށް
ޚަބަރު

ފަލަސްތީނަށްދިން ފައިސާއާ ބެހޭގޮތުން ސުވާލުކުރަން މިނިސްޓަރު މަޖިލިހަށް

އއަހުމަދު މުހައްމަދު21 އޮކްޓޯބަރު 2024
ފަލަސްތީނު ރައްޔިތުންނަށް އެހީވުމަށްޓަކައި ރާއްޖެއިން ކުރިއަށް ގެންދިޔަ ހާއްސަ ޓެލެތޯން "ފަލަސްތީނާއެކު ދިވެހިން" އަށް ލިބުނު ފައިސާއާ ބެހޭގޮތުން ސުވާލު ކުރުމަށް ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފިއެވެ. އެކަމާބެހޭގޮތުން ސުވާލު ކުރުމަށް މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހަޅުއްވާފައިވަނީ، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމްއެވެ. އޭނާ މިނިސްޓަރާ ކުރެއްވުމަށް ހަމަޖިފައިވާ ސުވާލުގެ ގޮތުގައި ހިމަނާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމަށް "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ކުރިއަށް ގެންސިޔަ ޓެލެތޯނަށް ލިބުނު 19.1 މިލިޔަން ރުފިޔާ ފަލަސްތީނު ރައްޔިތުންނަށް އެހީވާ ފަންޑާ ހަވާލު ކުރެވިއްޖެތޯ ސުވާލު ކުރެއްވުމަށެވެ. އެ ފައިސާ އެފަރާތާ ހަވާލު ނުކުރެވޭނެމަ، ފައިސާ ހަވާލު ނުކުރެވި ހަތަރުމަހަށްވުރެން ދިގު މުއްދަތެއް ފާއިތުވެފައިވާ ސަބަބު ސާފުކޮށްދެއްވުމަށާއި، އެ ފައިސާ ފަލަސްތީނު ރައްޔިތުންނަށް ރައްދު ކުރެވޭނެ ތާރީހެއް ސާފުކޮށްދެއްވުމަށް މީކާއިލް އެދިފައިވެއެވެ. ޕީއެސްއެމް އިން އިސްނަގައިގެން ރާއްޖޭގެ ބައެއް މީޑިއާތަކާ ގުޅިގެން ހުސްވި ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ޓެލެތޯނަށް 19 މިލިއަން ރުފިޔާ ލިބުނެވެ. އަދި އެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރުމަށް ޖުލައި ތިންވަނަ ދުވަހު ފޮރިން މިނިސްޓްރީއާ ވަނީ ހަވާލުކޮށްފައެވެ.

ގުޅުންހުރި ޚަބަރު