ދިވެހި|English 9 ޖުލައި 2026 · 05:10
Top banner
Advertisement
އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި
ޚަބަރު

އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް މަޖިލީހުން ފާސްކޮށްފި

އއަހުމަދު މުހައްމަދު23 އޮކްޓޯބަރު 2024
އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައިއޭއީއޭ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. އެ އެޖެންސީގައި ރާއްޖޭން ބައިވެރިވުމަށް ޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވުމުން އެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ މިމަހު 14 ގައެވެ. އެ މައްސަލަ ކޮމިޓީން ދިރާސާކޮށް އެކުލަވާލައި މަޖިލިސް ތަޅުމަށް ހުށަހެޅި ރިޕޯޓްގައި އެ އެޖެންސީގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުން ރުހުން ދިނުމަށް ކޮމިޓީންވެސް ވަނީ ފާސްކޮށްފައެވެ. އެ ރިޕޯޓު ފާސްކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގި ވޯޓުގައި މަޖިލީހުން އެގޮތަށް ފާސްކުރީ، ޖަލްސާއަށް ވަޑައިގެން ތިއްބެވި 63 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 61 މެންބަރުންގެ އިއްތިފާގުންނެވެ. ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާފަރާތުން ބައިވެރިވާ ބައިނަލްއަގްވާމީ މުއާހަދާތަކަށް އަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާގޮތެއްގެ މަތީން ކަމަށް ގާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ވަނީ ބަޔާން ކޮށްފައެވެ.

ގުޅުންހުރި ޚަބަރު