ދިވެހި|English 9 ޖުލައި 2026 · 05:08
Top banner
Advertisement
ކޮމަންވެލްތު ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ: ޙުސައިން
ޚަބަރު

ކޮމަންވެލްތު ގައުމުތަކުން ގުޅިގެން މަސައްކަތްކުރަންޖެހޭ: ޙުސައިން

މމުހައްމަދު އަލީ23 އޮކްޓޯބަރު 2024
މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި، ކޮމަންވެލްތުގެ މެންބަރު ގައުމުތަކުން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ރާއްޖޭގެ ނާއިބު، ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ސަމޯއާގައި ކުރިއަށްދާ ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން (ސީއެޗްއޯޖީއެމް) ގެ ހަވާސާ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ "ސީއެޗްއޯޖީއެމް ކްލައިމެޓް ބްރޭކްފަސްޓް: ބިލްޑިންގް ކޮންސެންސަސް ފޮރ ކްލައިމެޓް ފައިނޭންސް ޓަރގެޓްސް އިން ކޮމަންވެލްތު" ގައި ތަގުރީރު ކުރައްވަމުން ކަމަށް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ވިދާޅުވީ ދުނިޔެ ހޫނުވުމުގެ ސަބަބުން، އެންމެ ނާޒުކު އާބާދީތަކަށް ނޭދެވޭ އަސަރު ކުރާކަމަށެވެ. ޚާއްސަކޮށް، ކޮމަންވެލްތުގެ އާބާދީތަކަށް އަސަރުތަކެއް ކުރާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ކުރަމުން ގެންދާ އުންމީދީ މަސައްކަތްތަކަށް ބޭނުންވާ ދެމެހެއްޓެނިވި މާލީ އެހީ ފޯރުކޮށްދިނުމަކީ މުހިންމުކަމެއް ކަމަށެވެ.

ގުޅުންހުރި ޚަބަރު